ލައިފްސްޓައިލް

ސިއްހަތު ރަނގަޅު ދަރިއެއް ލިބޭނީ ބައްޕަގެ ސިއްހަތު ވެސް ރަނގަޅުވެގެން

ދެން އެމްވީ ، ދެން އޮންލައިން

ލަންޑަން ސްކޫލް އޮފް ހައިޖިން އެންޑް ޓްރޮޕިކަލް މެޑިސިން އިން ކުރި ދިރާސާއެއްގައި ބުނެފައި ވަނީ އުފަންވާ ދަރިފުޅުގެ ބަރުދަނާއި އާންމު ސިއްހަތު ބިނާވެގެން ދަނީ ދަރިފުޅު އަށަގަންނައިރު މައިމީހާގެ ސިއްހަތު ހުންނަ ގޮތެއްގެ މައްޗަށް ކަމަށެވެ. ދަރިފުޅުގެ ޑީއެންއޭގައި މައިމީހާގެ ސިއްހަތުގެ ހުރިހާ ކަމެއް ހިމެނެ އެވެ.

Ads by Hajj Corporation

ފަހުގެ ދެ ދިރާސާއެއްގައި ބުނަނީ މިއީ ހަމައެކަނި އަންހެނުންނަށް ހާއްސަ ކަމެއް ނޫން ކަމަށެވެ. ދަރިފުޅުގެ ބައްޕަގެ ސިއްހަތު ވެސް، ދަރިފުޅުގެ ސިއްހަތަށްޓަކައި ކޮންމެހެން މުހިންމު ކަމަށް މި ދިރާސާގައި ވަނީ ބުނެފަ އެވެ.

މި ދެ ދިރާސާގައި ވެސް ބުނަނީ ދަރިމައިވާ އިރު ބައްޕަގެ ސިއްހަތު ދެރަކޮށް ހުންނަ ނަމަ، ލިބޭ ދަރިފުޅުގެ ހަށިގަނޑުގައި އައިބު ކަންތައްތައް ހުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އޭގައި ބުނެފައި ވަނީ ރަނގަޅު ކާނާ ނުކައި ފިރިހެނުންގެ އާރްއެންއޭ އަށް ބަދަލުތައް އަންނަ ކަމަށެވެ. އާރްއެންއޭ އާއި ޑީއެންއޭ ގައި ވެސް އެކުލެވެނީ ޖެނެޓިކް މައުލޫމާތެވެ. ޑީއެންއޭގައި މި މައުލޫމާތު ރައްކާކޮށް، ޓްރާންސްފާ ކުރާއިރު އާރްއެންއޭ އިން ކުރާ ކަމަކީ ޖެނެޓިކް ކޯޑުތައް އެކްސްޕްރެސް ކުރުމެވެ.

ދިރާސާ ޓީމުން ވަނީ ފިރިހެން މީދަލަށް ރަނގަޅު ކާނާ ދީގެންނާއި ސިއްހަތަށް ފައިދާ ނުކުރާ ކާނާ ދިނުމަށް ފަހު އެސޮރުމެންނަށް ލިބުނު ދަރިންގެ ސިއްހަތަށް ކުރި އަސަރު ބަލައިފަ އެވެ.

އަނެއް ދިރާސާގައި ވަނީ ނިއުޓްރިޝަން ދަށް ކާނާ ފިރިހެން މީދަލަށް ދިނުމަށް ފަހު އެސޮރުމެންނަށް ލިބުނު ދަރިންގެ ސިއްހަތު ވަޒަންކޮށްފަ އެވެ.

މި ދެ ދިރާސާ އިން ވެސް އެނގުނީ ފިރިހެން މީދަލުގެ ސިއްހަތު ހުންނަ ގޮތުން، އެ މީދަލަށް ލިބޭ ދަރީގެ ސިއްހަތަށް އަސަރުކުރާ ކަމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!