ޚަބަރު

ހޯމަ ދުވަހުން ފެށިގެން މާލޭގައި ހުއްދަ ނެތި ބޭރަށް ނިކުމެވޭނެ!

ދެން އެމްވީ ، ދެން އޮންލައިން

ހޯމަ ދުވަހުން ފެށިގެން މާލޭގައި ހުއްދަ ނެތި ބޭރަށް ނިކުމެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ ވިދާޅުވީ ހުއްދަ ނެތި ބޭރުގައި އުޅެވޭނީ ފަތިހު 5:00 ން ރޭގަނޑު 10:00 ޖަހަންދެން ކަމަށެވެ.

ހުއްދަ ނެތި ބޭރުގައި އުޅޭއިރު ތިން މީހުންނަށް ވުރެ ގިނައިން ތަންތަނުގައި އެއްވެ އުޅުން މަނާކޮށްފައިވާއިރު، ގޭގެއަށް ޒިޔާރަތް ކުރުން ވެެސް މަނާވާނެ ކަމަށް ޝައިނާ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ބޭރުތެރޭގައި ފަތިހު 5 ން ހެނދުނު 8 އަށް އުޅެވޭއިރު، ހަވީރު 4-6 އަށް ކުޑަކުދިންނަށް ވެސް ބޭރުގައި އުޅެވޭނެ ގޮތް ވަނީ ހަދާފައެވެ. އަދި ކަސްރަތު ކުރުމަށް ހަވީރު 6-9 އާ ދެމެދުގެ ވަގުތެއްގައި ބޭރަށް ދެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އަދި ފިހާރަތަކުން ވިޔަފާރި ކުރެވޭނީ ހެނދުނު 9 ން ރޭގަނޑު 9 އަށް ކަމަށްވާއިރު ރޭގަނޑު 11 ޖެހުމާ ހަމައަށް ކެފޭ، ރެސްޓޯރަންޓުތަކުން ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ލިބޭނެއެވެ. މީގެއިތުރުން ކޮވިޑް-19 ނެތް ރަށްރަށަށް ދަތުރުކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ހޯމަ ދުވަހުން ފެށިގެން ހޮސްޕިޓަލްތަކުންނާއި ޕްރައިވެޓް ކްލިނިކްތަކުން އޯޕީޑީ އާއި ޑައިގްނޯސްޓިކް އަދި ރޭޑިއޮލޮޖީގެ ހިދުމަތް ފަށާނެ ކަމަށާއި އަދި މިހާރެކޭ ވެސް އެއްގޮތަށް ފްލޫ ކްލިނިކްގެ ހިދުމަތް ވެސް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އަންނަ ހޯމަ ދުވަހުން ފެށިގެން ލުއިތައް ދިނުމަށް ނިންމާފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ރީޓެއިލް ފިހާރަތަށް ހުޅުވައިގެން ހިދުމަތް ދިނުމަށް މާދަމާއިން ފެށިގެން ހުއްދަދޭން ވެސް މިހާރު ވަނީ ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!