ޚަބަރު

ހޯމަ ދުވަހުން ފެށިގެން ވެސް 3 މީހުނަށްވުރެ ގިނައިން އެކުގައި ބޭރުގައި ނޫޅެވޭނެ!

ދެން އެމްވީ ، ދެން އޮންލައިން

މި މަހުގެ 15ގެ ފަހުންވެސް ތިން މީހުނަށްވުރެ ގިނައިން އެކުގައި ބޭރުގައި އުޅުން ހުއްދައެއް ނުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ބޮޑު ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކަސްރަތު ކުރުމާއި ދުވުމަށް ހަވީރު 6:00 އިން ރޭގަނޑު 9:00 އަކަށް ދެވޭނެ އެވެ. ކުޑަކުދިންނަށް ހަވީރު 4:00 އިން 6:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އަކަށް ބޭރުގައި އުޅެވޭނެ އެވެ.

ޝައިނާ ވިދާޅުވީ މިމަހުގެ 15 އިން ފެށިގެން ހުޅުވާލާ އިރު، ބައެއް އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ތިން މީހުންނަށްވުރެ ގިނައިން އާންމު ތަންތަނުގައި އެއްވެ އުޅުމާއި، ބޭރު ތެރޭގައި މީހުން އެއްވެ އުޅުން ހުއްދަ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލުއިތައް ދިނުމަށް ނިންމި ނަމަވެސް، ގައިދުރުކަމާއި އަތްދޮވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދޭ ކަމަށާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ޝައިނާ ވަމީ އިލްތިމާސް ކުރައްވާފައެވެ.

ހޯމަ ދުވަހުން ފެށިގެން ޕާކްތަކާއި މައިޒާންތައް ވެސް ހުޅުވާލާނެ އެވެ. އޭގެ އިތުރުން ފިހާރަތަކާއި އޮފީސްތައް ވެސް ހުޅުވޭނެ އެވެ. ފިހާރަތައް ހުޅުވޭނީ ހެނދުނު 9:00 އިން ރޭގަނޑު 9:00 އަކަށެެވެ. ނަމަވެސް ކެފޭ، ރެސްޓޯރެންޓްތަކަށް އަދިވެސް ދެވޭނީ ޑެލިވަރީ އަދި ޓޭކްއެވޭ ހިދުމަތް އެކަންޏެވެ. އެ ހިދުމަތް ދެވޭނީ ރޭގަނޑު 11:00 އާ ހަމައަށެވެ. އޭގެ ފަހުން ހުއްދަ ހޯދަން ޖެހޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!