ޚަބަރު

ކޮވިޑް-19: މާލެ ސަރަޙައްދުގެ މިސްކިތްތަކާއި ސްލޫކްތަށް ހުޅުވުން އަންނަ މަހު!

އެޗްޕީއޭ ގެ ލަފާގެ ދަށުން މާލެ ސަރަޙައްދުގެ މިސްކިތްތަކާއި ސްކޫލްތަށް އަންނަ މަހު ހުޅުވުމަށް ހަމަޖައްސައިފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރައްވަމުން އެޗްޕީއޭ އިން ވިދާޅުފައިވަނީ އަންނަ މަހުން ފެށިގެން އާންމުން އެއްވެ އުޅޭ ނަމްބަރު އިތުރުކޮށްލާނެ ކަމަށާއި ނަމަވެސް 10 މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅެވޭނެ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

މީގެއިތުރުން ވިދާޅުވީ މިސްކިތްތަކާއި، ސްކޫލްތަކާއި ސަރުކާރު އޮފީސްތަކާއި، ރިސޯޓުތަކާއި، ކޮވިޑް ނެތް ރަށްރަށުގެ ގެސްޓްހައުސްތަކާއި، އެއާޕޯޓްތަށްފަދަ ތަންތަން އަންނަ މަހު ހުޅުވަން ހަމަޖެހިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އަންނަމަހު މިތަންތަން ހުޅުވުމަށް ހަމަޖެހިފައިވީ ނަމަވެސް، އެތަންތަނާއި ގުޅުންހުންނަ މިނިސްޓްރީތަކުން ހުޅުވަމުން ދާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!