ޚަބަރު

ހަށިގަނޑަށް ބަލައިގެން އުޅޭ މީހުންނަށް އުފާވެރި ޚަބަރެއް! ޖިމްތަކާއި ސެލޫންތަށް އަންނަ މަހު ހުޅުވެނީ!

ދެން އެމްވީ ، ދެން އޮންލައިން

އެޗްޕީއޭގެ ލަފާގެ މަތިން އަންނަ މަހު މާލެ ސަރަޙައްދުގެ ޖިމްތަކާއި، ސެލޫންތަށް ވެސް ހުޅުވޭނެ ކަމަށް ވިދާޅުވެއްޖެއެެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަ ކުރައްވަމުން އެޗްޕީއޭ އިން ވިދާޅުވެފައިވަނީ ކޮވިޑް-19 ފެތުރެން ފެށުމުން ބަންދުވި ޖިމްތަކާއި، ރެސްޓޯރެންޓާއި ކެފޭތަކާއި، ސެލޫން އާއި ބޯކޮށާ ތަންތަނާއި ސްޕާތަކަށް ގޮސް ހިދުމަތް ލިބޭނެ ގޮތް ވެސް އަންނަ މަހު ހަމަޖެހޭނެ ކަމަށެވެ.

މީގެއިތުރުން އެޗްޕީއޭ އިން ބުނެފައިވަނީ އަންނަ މަހުން ފެށިގެންދޭ ލުއިތަކަށް ބަލާއިރު އެކަކު އަނެކަކާއި ގުޅިގެން (އެއްވެ އުޅެގެން) ގުޅޭ ކުޅިވަރުތަށް ކުޅުމުގެ ފުރުސަތުވެސް އަންނަ މަހު ދެވޭނެ ކަމަށެވެ.

މިރޭގެ ބައްދަލުވުމުގައި އެންއީއޯސީ އިން ވިދާޅުވެފައިވަނީ، ސްކޫލްތަކާއި މިސްކިތްތައް އަންނަ މަހު ހުޅުވުމަށް ހަމަޖެހިފައިވާއިރު އެކަމާބެހޭ މިނިސްޓްރީތަކުން އެކަންކަމުގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!