ޚަބަރު

މި މަހު 15އިން ފެށިގެން ޑޮމެސްޓިކް އެއާޕޯޓްތައް ވެސް ހުޅުވަނީ

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންއަށް ދޭ އިތުރު ލުއިތަކާއެކު، މި މަހު 15އިން ފެށިގެން ޑޮމެސްޓިކް އެއާޕޯޓްތައް ވެސް ހުޅުވާލެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

Ads by MWSC

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓާ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ކޮވިޑް ނެތް ށްރަށުގައި އެއް ރަށުން އަނެއް ރަށަށް ހޯމަ ދުވަހުން ފެށިގެން ދަތުރު ކުރެވޭނެ ކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވައި އެތެރޭގެ ދަތުރުތައް ފަށަން ލަފާ ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮވިޑް ނެތް އެއް ރަށުން އަނެއް ރަށަށް ދެވޭނެ އިންތިޒާމު ހަމެޖެހިފައި އޮތީމަ ޑޮމެސްޓިކް އެއާޕޯޓުވެސް ހުޅުވޭނެ ގޮތަށް އަޅުގަނޑުމެން ލަފާ އަރުވަނީ،" ޝައިނާ ވިދާޅުވިއެވެ.

"ރަށް ރަށަށް ދަތުރުކުރެވުނު ނަމަވެސް މާލެއަށް އަންނަ މީހުންނާ ފުރާ މީހުންނަށް ކޮންމެވެސް ރިސްޓްރިކްޝަން ތަކެއް ހުންނާނެ. ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ތެރެއިން ކުރަންޖެހޭ ކަންތައް ކޮށްގެން ނުވަތަ ފުރަންޖެހޭ ފޯމްތަކާ އެ އިންނަ ފޮރޮސެސް ފުރިހަމަކޮށްގެން އެއް ރަށުން އަނެއް ރަށަށް ދެވޭނީ،" ޝައިނާ ވިދާޅުވިއެވެ.

ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ފަރުވާ ހޯދުމަށް ކައުންސިލްތަކާއި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން މިދިޔަ މަހުގެ 29 ވަނަ ދުވަހު ވަނީ ހުޅުވާލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!