ދުނިޔެ

ކޮވިޑް-19 ޖެހުނު ޒުވާނެއްގެ ފުއްޕާމޭގައި ލޯވަޅުތަކެއް އުފެދި ފުއްޕާމޭ ބަދަލުކުރަން ޖެހިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ޗިކާގޯއިން ކޮވިޑް-19 ޖެހުނު ވިހި އަހަރުގެ ކުއްޖެއްގެ ފުއްޕާމޭގައި، ވައިރަހުގެ ސަބަބުން ބޮޑެތި ލޯވަޅުތަކެއް އުފެދި މުޅި ފުއްޕާމޭ ބަދަލު ކުރަންޖެހިއްޖެއެވެ.

Ads by Sosun Fihaara

ފުއްޕާމޭ ފޭލްވުމުގެ ސަބަބުން މި ޒުވާނާވަނީ 6 ހަފްތާވަންދެން އައި.ސީ.ޔޫގައި ބާއްވައިގެން ފަރުވާދީފައެވެ. މި އަންހެން ކުއްޖާއަށް ކޮރޯނާވައިރަސް ޖެހުނީ، ކުރިން ހުރި ބައްޔެއްގެ ސަބަބުން ބޭނުން ކުރަމުން ދިޔަ ބޭހުގެ ސަބަބުން ދިފާޢީ ނިޒާމް ވަރަށް ބޮޑަށް ބަލިކަށިވެފައި ވަނިކޮށެވެ. މި އަންހެން ކުއްޖާގެ ފުރާނަ ސަލާމަތްވީ ވެންޓިލޭޓަރުގެ އިތުރުން ނޭވާލެއްވުމަށް ބޭނުންކުރާ ޚާއްސަ އެހެން މެޝިނެއްގެ އެހީގައެވެ.

ކޮވިޑް-19 އަށް ދިން ފަރުވާއިން އެ ބަލި ރަނގަޅުވި ނަމަވެސް އިޔާދަނުކުރެވޭވަރަށް ގެއްލުން ވެފައި ވުމުން، މި ކުއްޖާގެ ފުއްޕާމޭ ބަދަލުކުރަން ޖެހޭކަން އާއިލާއަށް އެންގިތާ 48 ގަޑިއިރުގެ ތެރޭގައި، ނަސީބު ރަނގަޅުކަމުން އޭނާއަށް ވަނީ ގުޅޭ ފުއްޕާމެއެއް ލިބިފައެވެ. މިދިޔަ ބުދަ ދުވަހު ކުރެވުނު މި ބޮޑު އޮޕަރޭޝަން، ދުނިޔޭގެ ނިސްބަތުން ކޮވިޑް-19 ގެ ބަލިމީހުނަށް ކުރެވިފައިވަނީ އަތުގެ އިނގިލިން ގުނާލެވޭހާ މަދު ބަޔަކަށެވެ. ﷲގެ ރަޙްމަތްފުޅުން މި އޮޕަރޭޝަން ކާމިޔާބުވެ މި ކުއްޖާގެ ޙާލު އަންނަނީ ރަގަޅު ވަމުންނެވެ

20 އަހަރުގެ ޒުވާނާގެ ފުއްޕާމޭ ކޮރޯނާވައިރަސްގެ ސަބަބުން ހަލާކުވެފައި

10 ގަޑިއިރަށް ދެމިގެން ދިޔަ މި ބޮޑު އޮޕަރޭޝަންގައި އިސްކޮށް މަސައްކަތްކުރި ޑޮކްޓަރ އަންކިތު ބާރަތު ހާމަކުރި ގޮތުގައި، މި ޒުވާނާގެ ފުއްޕާމޭގައި ބޮޑެތި ލޯވަޅުތަކެއްއުފެދި، ފުއްޕާމޭވަނީ މޭގައި ތަތްވެފައެވެ. އެހެންކަމުން މިއީ ވަރަށް ނުރައްކާތެރި އޮޕަރޭޝަނެއްކަން އެންމެ ފުރަތަމަވެސް ގަބޫލުކުރެވުނު ކަމަށާ، ނަމަވެސް އޮޕަރޭޝަން ކާމިޔާބުވެ، ބަލިމީހާގެ ހާލު އަވަސް ސްޕީޑެއްގައި ރަނގަޅު ވަމުން އަންނަކަން ވަނީ ފާހަގަ ކޮށްފައެވެ. ބަލިމީހާ ހޭ އަރާ، ހިނިތުންވެ އޭނާގެ އާއިލާއާ ވީޑިއޯ ކޯލް މެދުވެރިކޮށް ވާހަކަ ދައްކާފައިވާ ކަމަށްވެސް ހޮސްޕިޓަލުން ހާމަކުރިއެވެ. މި ކުއްޖާގެ މައުލޫމާތު ހާމަކޮށްފައި ނުވި ނަމަވެސް މިއީ ވަރަށް ފަހުން ނޯތު ކެރޮލީނާއިން ޗިކާގޯއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ކުއްޖެއްކަން ޑރ. ބާރަތު ޔަގީންކޮށްދިނެވެ. މި ކުއްޖާގެ އޮޕަރޭޝަނާއެކު، ކޮރޯނާވައިރަސް ޖެހިގެން ފުއްޕާމޭ ހަލާކުވާ މީހުންގެ ފުއްޕާމޭ ކާމިޔާބު ކަމާއެކު ބަދަލު ކުރެވޭކަމުގެ އުއްމީދު މިވަނީ އާވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!