Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑް-19: އައްޑޫ އީކުއަޓޯރިއަލް ކަރަންޓީނު ފެސިލިޓީން އުމުރުން ދުވަސްވީ އަންހެނަކު ބައްޔަށް ފައްސިވެއްޖެ!

ކޮވިޑް-19: އައްޑޫ އީކުއަޓޯރިއަލް ކަރަންޓީނު ފެސިލިޓީން އުމުރުން ދުވަސްވީ އަންހެނަކު ބައްޔަށް ފައްސިވެއްޖެ!

އައްޑޫ އީކުއަޓޯރިއަލް ކަރަންޓީނު ފެސިލިޓީން އުމުރުން ދުވަސްވީ އަންހެނަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

މިއީ އައްޑޫ އިން މިބައްޔަށް ފައްސިވީ ފުރަތަމަ މީހާއެވެ.

ސަރުކާރުގެ ފަރާތުން ކޮވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދެއްވާ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އައްޑޫ އީކުއަޓޯރިއަލް ކަރަންޓީނު ފެސިލިޓީން ކޮވިޑް އަށް ފައްސިވީ އުމުރުން 65 އަހަރުގެ އަންހެނެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

ކަރަންޓީނު ފެސިލިޓީގައި އެއަންހެން މީހާ ހުރީ އޭނާގެ މާމަ ދަރިފުޅާއެކު އެއް ކޮޓަރިއެއްގައި ކަމަށާއި ނަމަވެސް މާމަ ދަރިފުޅު ކޮވިޑަށް ނައްސި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހަކު އައްޑޫއިން މިއަދު މިބައްޔަށް ފައްސި ވެފައިވީނަމަވެސް، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް