ދުނިޔެ

މީހުންގެ އަތަށް ބޮސްދީގެން ކޮރޯނާ ރަނގަޅު ކުރެވޭނެ ކަމަށް ބުނި އިންޑިއާ "ބާބާ" އެބަލީގައި މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އަވަށްޓެރި އިންޑިއާ އަބަދުވެސް ފާހަގަ ކޮށްލެވިފައިވަނީ އެހެން ޤައުމުތަކަށްވުރެ ބޮޑަށް ފުލޯކު ވާހަކަ އުފައްދާ އެވާހަކަތައް ޤަބޫލު ކުރާ ބައެއްގެ ގޮތުގައެވެ.

Ads by WAMCO

އެގޮތުން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެން ފެށި ދުވަސްކޮޅުގައި "ގޯ ކޮރޯނާ ގޯ" ގެ ނަމުގައި ކިޔެވެއްޔެއް ކިޔަވާ، "ކޮރޮނާސޫރް" ގެ ނަމުން ނަންދީފައި ބޮޑު ބުދެއް ފާޑު އެއްޗެއް ހަދާ އޭތި އަންދާވެސް ލާފައިވެއެވެ. މިއީ ވެސް ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް އެމީހުން ކުރިކަމެކެވެ.

އެއަށްފަހު ދާދިފަހުން އިންޑިއާގެ "ބާބާ" އަކު ވަނީ މީހުންގެ އަތަށް ބޮސްދީގެން އޭނާއަށް ކޮރޯނާ ވައިރަސް ރަނގަޅު ކުރެވިދާނެ ކަމަށް ބުނެ މީހުން މޮޔަހައްދާފައެވެ.

އިންޑިއާގައި "ބާބާ" އިންނަކީ އެމީހުންގެ ދީނުގެ ހަރުކަށި ފިކުރުތައް ފަތުރާ، އެމީހުންނަކީ "ކަލާނގެ" އާއި ގުޅިފައި ތިބި ބައެއް ކަމަށާއި އާދަޔާ ޚިލާފު ބާރުތަކަކާއި، ކަންކަމުގެ ހައްލު ދިނުމަށާއި ފަހުން ވާނެ ގޮތްވެސް އިނގޭކަމަށް ބުނެ އުޅޭ ބައެކެވެ.

މަދްޔަ ޕްރަދޭޝްގެ ރަތުލާމް އަށް ނިސްބަތްވާ އެ "ބާބާ" ގެ އަވައިގައި ޖެހި، އޭނާ ބުނިފަދައިން ކަންކަން ކުރި 20 މީހަކު މިހާރު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެބާބާ މިހާރު ވަނީ މިބަލި ޖެހިގެން މަރުވެފައެވެ.

ހެލްތު ޑިޕާޓްމަންޓުގެ އޮފިޝަލުން ބުނިގޮތުގައި ބާބާ ކޮވިޑަށް ފައްސި ވެފައިވަނީ މިމަހުގެ 3 ވަނަ ދުވަހުގައެވެ. އަދި މަރުވެފައި ވަނީ އޭގެ އަނެއް ދުވަހުއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!