ޚަބަރު

ޙައްޖުގެ އަޅުކަމާއިމެދު ނިންމާ ގޮތެއް ހަފްތާއެއް ތެރޭގައި ހާމަކުރަނީ!

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމާމެދު ނިންމާ ގޮތެއް ހަފްތާއެއް ތެރޭގައި ހާމަ ކުރާނެ ކަމަށް ސައުދީ ސަރުކާރުން ބުނެފިއެވެ.

Ads by STELCO

ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ފެތުރިފައިވުމުގެ ސަބަބުން، މިހާރުވެސް ބައެއް ޤައުމުތަކުން ވަނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން އެޤައުމުތަކުން މީހުން ދިޔުން މަނާކޮށްފައެވެ. އެގޮތުން އިންޑޮނޭޝިއާ އާއި މެލޭޝިއާ، ދެކުނު އެފްރިކާ އަދި ސިންގަޕޫރުން ވެސް ވަނީ ޙައްޖަށްދާން އެޤައުމުތަކުން މީހުން ނުފޮނުވާނެ ކަމަށް ބުނެފައެވެ.

ބައެއް ޤައުމުތަކުން ޙައްޖަށް ދިޔުން މަނާކޮށްފައިވީ ނަމަވެސް، މިއަހަރުގެ ޙައްޖާއިމެދު ވަކި ގޮތެއް ސައުދީ ސަރުކާރުން އަދި މިހާތަނަށް ނިންމާފައެއް ނުވެއެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ސައުދީގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީގެ އޮފިޝަލަކު "ފައިނޭންޝަލް ޓައިމްސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން ކުރިއަށް ގެންދިޔުމާއިމެދު ވަރަށް ގިނަ ގޮތްގޮތަށް ވިސްނަމުންދާ ކަމަށާއި އެކަމާއި ގުޅޭގޮތުން ހަފްތާއެއްގެ ތެރޭގައި ރަސްމީކޮށް ގޮތެއް ނިންމާނެ ކަމަށެވެ.

"ހައްޖަށް އަންނަ މީހުންގެ ސިއްހަތާއި ރައްކާތެރިކަމަށް އަހަރުމެން ހާއްސަ އިސްކަމެއް ދޭންޖެހޭނެ، އެކަމަކު ހުރިހާ އޮޕްޝަނަކާއި މެދު ވެސް އަހަރުމެން މިދަނީ ވިސްނަމުން" އެމިނިސްޓްރީގެ އޮފިޝަލު ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!