ޚަބަރު

ތަޢުލީމުގެ ބިލާއި، މަތީ ތަޢުލީމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދަނީ

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ތަޢުލީމުގެ ބިލާއި، މަތީ ތަޢުލީމުގެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުން ބުނީ މި ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދިނުމަށެވެ.

މި ދެ ބިލު ވެސް ދިރާސާ ކުރަމުން އަންނަނީ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީންނެވެ.

ތައުލީމާ ބެހޭ ބިލަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު ފުރިހަމައަށް ލިބިދިނުމަށްޓަކައި ގާނޫނީ އޮނިގަނޑު ގާއިމް ކުރުމާއި ދަރިވަރުންގެ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައެޅުމާ އެކު ތައުލީމު ދިނުމާ ބެހޭ ހަމަތައް ކަނޑައަޅާ ބިލެކެވެ.

އަދި މަތީ ތައުލީމުގެ ބިލަކީ ރާއްޖޭގައި މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެފަދަ މަރުކަޒުތައް ހިންގާނެ އުސޫލުތައް ކަނޑައަޅައި، މަތީ ތައުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި އެފަދަ ތައުލީމު ދޭ މަރުކަޒުތައް މޮނީޓަރކޮށް އެތަންތަނުން ދޭ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އެކުލަވާލި ބިލެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!