Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ކޮކާ ކޯލާ އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި މީހަކަށް ލިބުނީ ބޮޑު ލަނޑެއް

ކޮކާ ކޯލާ އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި މީހަކަށް ލިބުނީ ބޮޑު ލަނޑެއް

އިންޑިއާ ގައި ކޮކާ ކޯލާ ބޭން ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅި މީހަކު 5 ލައްކަ ރުޕީސް އިން ޖޫރިމަނާ ކޮށްފިއެވެ.

ސުޕްރީމް ކޯޓުން އޭނާ ޖޫރިމަނާ ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކޮކާ ކޯލާ ކުންފުނީގެ މައްޗަށް ކޮށްފައިވާތީއެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ އިޖުތިމާއީ މަސައްކަތްތެރިއެއް ކަމަށްވާ އުމޭދް ސިން ޕީ ޗަވްދާ އެވެ. އޭނާ ވަނީ ކޮކާ ކޯލާ އިން ހަށިގަނޑަށް ގެއްލުން ލިބޭ ކަމަށް ބުނެ ޕެޓިޝަން އެއް ވެސް ހުށަހަޅާފައެވެ. އޭނާ ވަނީ ކޯޓުގެ ނިންމުމުގައި ކޮކާ ކޯލާ ގެ ނުފޫޒު އޮތް ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

Advertisement
Ooredoo — Square (box)

ކޯޓުގެ ފަނޑިޔާރުން ވަނީ މި މައްސަލައިގައި ވަކި ކުންފުންޏަކަށް އަމާޒުކޮށްފައިވަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

މި ސުވާލުގެ ޖަވާބުގައި އުމޭދް ވަނީ ކޮކާ ކޯލާ އަކީ ސިއްހަތަށް ގެއްލުން ހުރި އުފެއްދުމަށް ކަން ފާހަގަކޮށް މިހާރުން މިހާރަށް ކޮކާ ކޯލާ ގެ ހުރިހާ އުފެއްދުން ތައް ބޭން ކުރަން ވަނީ އެދިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް