ދުނިޔެ

އިންޑިއާ މީހަކު އޭނާގެ މިލްކިއްޔާތުގައިވާ ބިމެއް ދެ އެތަކަށް ހަދިޔާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގައި އަނިޔާވެރި ގޮތަކަށް އެތެއް މަރާލުމުގެ ހިތާމައިގައި މީހަކު އޭނާގެ މިލްކިއްޔާތުގައިވާ ބިމެއް ދެ އެތަކަށް ހަދިޔާ ކޮށްފިއެވެ.

Ads by WAMCO

އިންޑިއާގެ ކެރެލާގައި މާބަނޑު އެތަކަށް މޭވާތަކެއް ދިން އިރު އޭގެ ތެރޭގައި ފަޓާސްތަކެއް ފޮރުވާފައި ހުރުމުން އެ އެތް މޭވާ ކެއުމުގެ ތެރޭގައި ފަޓާސްތައް ވަނީ އަނގައަށް ގޮވާފަ އެވެ. އެ އާއެކު ލިބުނު އަނިޔާގައި އެ މާބަނޑު އެތް މަރުވި މައްސަލަ މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އިންޑިއާގެ ކެރެލާގައި އެ އެތް މަރުވެފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. އެ އެތް މަރުވެފައިވަނީ ކެރެލާގެ ކޯރެއްގެ ތެރޭގައި އޮއްވަ އެވެ.

މި މައްސަލަ ހޫނުވެފައިމާ މި ދަނޑިވަޅުގައި އިންޑިއާގެ ބިހާރު ސްޓޭޓަށް ނިސްބަތްވާ މުހައްމަދު އަހްތަރު މިވަނީ އޭނާގެ މިލްކިއްޔާތުގައިވާ ހަމައެކަނި ބިން އޭނާ ގެންގުޅޭ ދެ އެތަކަށް ހަދިޔާ ކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެތަނުން އެއް އެތް ވަނީ ނުރައްކާތެރި ކުށްވެރިއެއްގެ ކިބައިން އޭނާ ސަލާމަތް ކޮށްފައެވެ.

އުމުރުން 50 އަހަރުގެ އެ މީހާ ދެ އެތް ގެންގުޅެއެވެ. އެ ދެ އެތް ވެސް ދިރިއުޅެނީ އޭނާއާ އެކުއެވެ. އޭނާ ބުނި ގޮތުގައި އެ ދެ އެތް ވެސް އޭނާ އަށް ލިބިފައި ވަނީ އާއިލީ ތަރިކައިގެ ތެރެއިންނެވެ.

"އަހަރެން ކުޑައިރުއްސުރެ މި ދެ އެތް އަހަރެންނާއެކު ދިރިއުޅެނީ. މި ދެ އެތަކީ އަހަރެންގެ އާއިލާ މެމްބަރުން" އަހްތަރު ބުންޏެވެ.

އަހްތަރުގެ 6.25 އޭކަރުގެ ބިން އެ ދެ އެތަށް ދީފައިވަނީ އޭނާ ދުނިޔޭގައި ނެތް ދުވަހަކުންވެސް އެ ދެ އެތް ހައިނޫނުކަމުން ސަލާމަތް ކުރުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!