ގެސްޓްހައުސްއެއްގައި ކުޑަ ކުއްޖަކު ރޭޕްކޮށްފައި ވާއިރު، މިދިޔަ މަހުގެ ފަހުކޮޅު، އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ ކުއްޖާ ރޭޕްކޮށް، ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.
11 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި
މާލޭގެ ގެސްޓު ހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި 38 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، 11 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކަމާ ގުޅޭ އިދާރާތައް އެކުގައި އެކަމުގެ ޝިކާރައަކަށްވި ކުއްޖާ އަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަނީ ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ.
Ads by Allied Insurance