ޚަބަރު

ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ގެންނަނީ

ދެން އެމްވީ ، ދެން އޮންލައިން

ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ގެނެސް، ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ފަށަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ގުޅޭ ގޮތުން ގެންނަ ވެކްސިން 10 ވަރަކަށް ދުވަސް ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ.

އަމީން ވިދާޅުވާ ގޮތުގައި ހިމަބިއްސަށް ވެކްސިން ނުދީ ތިބި މީހުންގެ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ. އެގޮތުން މާދަމާގެ ނިޔަލަށް އެ މައުލޫމާތު ހޯދާ ވެކްސިން ދިނުމުގެ ކަންކަން ކުރިޔަށް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ވެކްސިން ގެނެސް، ވެކްސިން ދިނުމުގެ ކެމްޕެއިން ތިން މަހަށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށާއި އެ ޕްރޮގްރާމުގެ ތެރެއިން ވެކްސިން ޖަހަންޖެހޭ ހުރިހާ ފަރާތްތަކަށް ވެކްސިން ދެވުނުތޯ ކަށަވަރު ކުރާނެ ކަމަށެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ނުކޮށް ތިބި މީހުންނަށް ދެވަނަ ޑޯޒް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ތިބި މީހުންގެ ތެރެއިން ވެކްސިން ނުޖަހާ ތިބި މީހުންގެ މައުލޫމާތު މާދަމާގެ ނިޔަލަށް އެއްކުރެވޭނެ ކަމަށެވެ. އަދި ވެކްސިން ނުދޭ މީހުންގެ މައުލޫމާތު އެއްކުރެވުމާ އެކު، އެފަދަ ފަރާތްތަކަށް ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހިމަބިހި ރާއްޖެއިން ނައްތާލާފައި ވަނިކޮށް، އެބަލި ޖެހިފައި ހުރި ކުޑަކުއްޖަކު ވަނީ ފެނިފަ އެވެ.

ހިމަބިހީގެ އަލާމާތްތައް އެ ބަލި ޖެހޭތާ 10 ދުވަސް ފަހުން ފެންނަން ފަށާއިރު އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ކަންފަތުގެ އިންފެކްޝަން، ނިއުމޯނިއާ، ފުއްޕާމޭގެ އިންފެކްޝަން، ސިކުނޑިއަށް އަސަރުކުރުން، ލޯ އަނދިރިވުން، ގިނަ ދުވަހަށް ބޭރަށް ހިންގުމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!