ދުނިޔެ

ކަޅުނަޞްލުގެ މީހުނަށް އެންމެ ގިނަ ޚިދުމަތް ކޮށްދިނީ އަހަރެން : ޓްރަމްޕް

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ރައީސުންގެ ތެރެއިން، ކަޅުނަޞްލުގެ މީހުނަށް އެންމެ ގިނަ މަސައްކަތްކޮށްދިން ރައީސަކީ ޑޮނަލްޑް ޓްރަމަޕްކަމަށް އޭނާ އަމިއްލައަށް ބުނެފިއެވެ. ޓްރަމްޕް މިކަން ހާމަ ކުރީ ފޮކްސް ނިއުސް ޗެނަލްގެ އިންޓަރވިއު އެއްގައެވެ. އެމެރިކާގައި އަޅުން ގެންގުޅުން މަނާކޮށް، އަޅުންގެ ގޮތުގައި ގެންގުޅުނު ކަޅު މީހުން މިނިވަންކުރި އަބްރަހަމް ލިންކަން އަށް ވުރެވެސް ގިނަ މަސައްކަތް ޓްރަމްޕް ކުރި ކަމަށް އޭނާ ދަޢުވާ ކުރެއެވެ.

Ads by Sosun Fihaara

ޓްރަމްޕް ބުނީ ލިންކަންވެސް ކަޅު މީހުންގެ ދިފާޢުގައި ގިނަ މަސައްކަތްތަކެއް ކުރި ކަމަށާ ނަމަވެސް އެކަމުގެ އާޚިރުނަތީޖާ އާއި މެދު އަބަދުވެސް ސުވާލު އުފެދޭ ކަމަށެވެ. ޓްރަމްޕް މިހެން ބުނީ ކޮން ސަބަބަކާހެދިކަން ޔަގީން ނުވި ނަމަވެސް، ޓްރަމްޕްގެ މިވާހަކައަށް ރައްދު ދެމުން އިންޓަރވިއު ކުރަން އިން ކަޅުނަސްލުގެ ހެރިސް ފޯކްނަރ ބުނީ "ލިންކަންގެ ސަބަބުން އަހަރެމެން މިނިވަން ވެއްޖެ. ލިންކަން އެކަން ކުރީ ވަރަށް ރަގަޅަށް" ކަމަށެވެ.

ޓްރަމްޕް ކޮށްދިން މަސައްކަތް ކަމަށް ފާހަގަ ކުރީ، ހުރިހާ ނަސްލަކަށް ޖިނާއީ އަދަބު ހަމަހަމަކުރުމަށް އޭނާ ސޮއިކުރި ބިލާއި، ކަޅުނަސްލުގެ މީހުނަށް ޚާއްސަކޮށްގެން ޒަމާނުންސުރެ ހިންގާ ކޮލެޖް އަދި ޔުނިވަރސިޓީތަކަށް ބަޖެޓްގެ ތެރެއިން ފައިސާގެ އެހީ ދިނުމުގެ އިތުރުން ކުރިން ކަޅު ނަސްލުގެ މީހުނަށް ބޮޑެތި އަނިޔާތައް ދެމުންދިޔަ ޖަލުތައް ރިފޯމް ކުރުމެވެ.

ޖޯޖް ފްލޮއިޑްގެ މަރާއި ގުޅިގެން އެމެރިކާގައި މުޒާހަރާތައް ފެށިގެން އައި ދުވަސްވަރު ޓްރަމްޕް ކުރި ޓްވީޓެއްގައިވަނީ، އޭނާއަކީ ލިންކަންގެ ފަހުން، ކަޅު ނަސްލުގެ މީހުނަށް އެންމެ ގިނަ ކަންކަން ކޮށްދީފައިވާ ރައީސް ކަމަށެވެ. މި ޓްވީޓްގައި ޓްރަމްޕް ބުނީ ވަޒީފާނެތް ކަޅުމީހުންގެ ނިޞްބަތް އެންމެ ދަށްވެ، އެމީހުންގެ ތެރޭގައި ފަގީރުންގެ ނިސްބަތް އެންމެ ދަށްވުމުގެ އިތުރުން ކަޅުނަސްލުގެ މީހުންގެ ތެރޭގައި ކުށްކުރުން އެންމެ މަދުވެގެން ދިޔައީވެސް އޭނާގެ ވެރިކަމުގައެވެ.

އިންޓަރވިއު ދިނުމަށް، ލިންކަންގެ ސޫރަ ސިފަވާ ބުދެއްގެ ކައިރީގައި ހުއްޓި ހުރެ ޓްރަމްޕް ބުނީ އޭނާއާ އެންމެ ގާތުން މިކަމުގައި ވާދަކުރެވޭ މިހަކީ އެތަނުގައި ކޮޅަށް ހުރި މީހާ (ލިންކަން) ކަމަށެވެ. ކަޅު ނަޞްލުގެ މީހުނަށް ގިނަކަންތަކެއް ކޮށްދެވުނުކަމުގެ ޔަގީންކަން ޓްރަމްޕަށް އޮވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!