ކުޅިވަރު

އޭފްސީ ކަޕްގެ އެންމެ މޮޅު ފަސް ގޯލުގެ ތެރޭގައި އަޝްފާގުގެ ގޯލެއް

އޭއެފްސީ ކަޕްގެ އެންމެ މޮޅު ފަސް ސޯލޯ ގޯލުގެ ތެރޭގައި ދިވެހި ޤައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ)ގެ އިންޑޯނޭޝިޔާގެ ޕާސިބޯ ކޮޅަށް ޖެހި މޮޅު ގޯލް ހިމަނައިފިއެވެ.

އޭފްއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ގޯލް ހޮވުމަށް ނެގި ގަދަ ފަހެއްގައި ހިމެނުނީ އަޝްފާގު 2013ގައި ނިއުރޭޑިއަންޓަށް ކުޅުނުއިރު، ގްރޫޕް ސްޓޭޖުގައި އޭނާ ޖެހި ހިތްގައިމު ގޯލެވެ. މި ގޯލަކީ ޕާސިބޯގެ ހާފުގެ ތެރެއިން އަޝްފާގަށް އުމޭރު ދީން ޕާހަކުން ޕާސިބޯގެ އޭރިއާ ތެރެއަށް ދަގަނޑޭވަދެ އޭނާގެ އާދަޔާ ހިލާފު ހުނަރު ބޭނުންކޮށްގެން ޖަހާދިން މޮޅު ލަނޑެކެވެ. ހަތެއް ސުމަކުން ނިއު މޮޅުވި މި މެޗުގައި އަޝްފާގްވަނީ ފަސް ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، ސަރަހައްދީ ކުލަބުތަކުން އަޝްފާގަށް އެ އަހަރަށްފަހު ހުށަހެޅުންތައްވެސް ލިބުނެވެ. 2013ގެ އޭއެފްސީ ކަޕްގައި އަޝްފާގުގެ އެހީތެރިކަމާއިއެކު އެޓީމްވަނީ ކުއާޓަރ ފައިނަލްގައި ކުޅެފައެވެ.

އޭއެފްސީން ވޯޓަށް ހުޅުވާލާފައިވާ ލިސްޓުގައި ދެން ހިމެނެނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ލުބުނާންގެ ސޮފާ އެފްސީގެ ހައިދަރު އަލީ ޖެހި ގޯލާއި، 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަންތް ސިންހް ޖެހި ގޯލާއި، 2015 ގެ އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި ގޯލުގެ އިތުރުން 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލު.

ކަޕްގެ އެންމެ މޮޅު ފަސް ގޯލުގެ ތެރޭގައި އަޝްފާގުގެ ގޯލެއް!

އޭއެފްސީ ކަޕްގެ އެންމެ މޮޅު ފަސް ސޯލޯ ގޯލުގެ ތެރޭގައި ދިވެހި ޤައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ)ގެ އިންޑޯނޭޝިޔާގެ ޕާސިބޯ ކޮޅަށް ޖެހި މޮޅު ގޯލް ހިމަނައިފިއެވެ.

އޭފްއެފްސީ ކަޕްގެ އެންމެ މޮޅު ސޯލޯ ގޯލް ހޮވުމަށް ނެގި ގަދަ ފަހެއްގައި ހިމެނުނީ އަޝްފާގު 2013ގައި ނިއުރޭޑިއަންޓަށް ކުޅުނުއިރު، ގްރޫޕް ސްޓޭޖުގައި އޭނާ ޖެހި ހިތްގައިމު ގޯލެވެ. މި ގޯލަކީ ޕާސިބޯގެ ހާފުގެ ތެރެއިން އަޝްފާގަށް އުމޭރު ދިން ޕާހަކުން ޕާސިބޯގެ އޭރިއާ ތެރެއަށް ދަގަނޑޭވަދެ އޭނާގެ އާދަޔާ ހިލާފު ހުނަރު ބޭނުންކޮށްގެން ޖަހާދިން މޮޅު ލަނޑެކެވެ. ހަތެއް ސުމަކުން ނިއު މޮޅުވި މި މެޗުގައި އަޝްފާގްވަނީ ފަސް ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާގު ޖެހި ހިތްގައިމު ގޯލަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނުއިރު، ސަރަހައްދީ ކުލަބުތަކުން އަޝްފާގަށް އެ އަހަރަށްފަހު ހުށަހެޅުންތައްވެސް ލިބުނެވެ. 2013ގެ އޭއެފްސީ ކަޕްގައި އަޝްފާގުގެ އެހީތެރިކަމާއިއެކު އެޓީމްވަނީ ކުއާޓަރ ފައިނަލްގައި ކުޅެފައެވެ.

އޭއެފްސީން ވޯޓަށް ހުޅުވާލާފައިވާ ލިސްޓުގައި ދެން ހިމެނެނީ 2013 ވަނަ އަހަރު އޭއެފްސީ ކަޕްގައި ލުބުނާންގެ ސޮފާ އެފްސީގެ ހައިދަރު އަލީ ޖެހި ގޯލާއި، 2014 ވަނަ އަހަރު އިންޑިއާގެ ޗާޗިލް ބްރަދާސްގެ ފޯވާޑް ބަލްވަންތް ސިންހް ޖެހި ގޯލާއި، 2015 ގެ އޭއެފްސީ ކަޕްގައި އިންޑޮނޭޝިއާގެ ޕަސިޕޫރާ ޖަޔަޕޫރްގެ ބޯޒް ސޮލޯސާ ޖެހި ގޯލުގެ އިތުރުން 2018 ވަނަ އަހަރު މިޔަންމާގެ ޔަންގޮން ޔުނައިޓެޑްގެ ނައިޖީރިއާ ފޯވާޑް އިމަނުއެލް އަޒޫ ޗޮކުވޫ ޖެހި ގޯލެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!