ރޭޕް އާއި ޖިންސީ ގޯނާއަކީ ޖިނާއީ ބޮޑު ކުށެއްކަމުގައި ހެދުމަށް ތާއީދު ކުރާނަން: އެމްޕީ އުޝާމް
ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހެދުމަށް ތާއީދު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރޭޕް އާއި ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައި ހެދުމަށާއި އެފަދަ މީހުންނާއިމެދު ޤާނޫނީ ގޮތުން އެޅެންހުރި ހަރުކަށި ފިޔަވަޅު އެޅުމަށް ތާއީދު ކުރެއްވުމަށް އެދި "އާމްނާ" ކުރެއްވި ޓްވީޓަކަށް ޖަވާބުދެއްވަމުން އެމްޕީ އުޝާމް ވިދާޅުވީ، ކްރިމިނަލް ޕްރޮސީޖިއާ (ސީއާރްޕީސީ) އެކްޓުގެ ދަށުން އެފަދަ މައްސަލަތައް ބެލުމަށް ތާއީދު ކުރައްވާ ކަމަށެވެ.
"މިކަން ކާމިޔާބު ކުރުމަށްޓަކައި ފުރިހަމަ ރަނގަޅު ޝަރުޢީ ނިޒާމެއް ބޭއްވޭނެކަމުގެ ޔަގީންކަން ދައުލަތުން ދެއްވަންވާނެ. އާއްމުކޮށް މިފަދަ ތުހުމަތުތަކުގައި އެކަށީގެން ލީގަލް ރެޕްރަޒެންޓެޓިވް އެއް ނެތުމުގެ ސަބަބުން ވެސް މިފަދަ މައްސަލަތައް ތަހުގީގު ކުރުމާއި މައްސަލަތައް އިތުރަށް ބެލުމުގައި ގިނަ ދުވަސްތަކެއްވޭ" އެމްޕީ އުޝާމް ވިދާޅުވެފައިވެއެވެ.
ރޭޕް ގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތަކެއް މިދުވަސްވަރު ފެންމަތިވަމުން އަންނަކަން ފާހަގަވެއެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިން ރޭޕްކޮށް ނުވަތަ އެކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތައްކަން ވެސް ފާހަގަ ވެއެވެ.
I will support making rape and sexual offenses serious criminal offenses under CrPC.
To make this work and have it’s full effect, State has to ensure there is a proper legal aid mechanism. Often when accused dont hav legal representation, it delays investigation and prosecution. https://t.co/jc0wbq393I
— Ahmed Usham (@a_usham) June 13, 2020