މުނިފޫހިފިލުވުން

ކައިގެ އިންސްޓަގްރާމް ބަލާލިންތަ؟ އިނާމެއްގެ ގޮތުން 3 މީހަކަށް 1،000 ޑޮލަރު ދެނީ!

ދެން އެމްވީ ، ދެން އޮންލައިން

ގިނަ މީހުން ވެސް އެއްބަސްވާ ރާއްޖޭގެ ކައިލީ ޖެނަރ، "ކައިޒީން" ތިން މީހަކަށް 1،000 އެމެރިކާ ޑޮލަރު (15،000 ރުފިޔާ) ދޭން ނިންމައިފިއެވެ.

އިންސްޓަގްރާމްގައި ކައި ގެ ފޮލޯވަރުންގެ އަދަދު 100ކޭ އަށް އެރުމުގެ އުފަލުގައި، ކައި ވަނީމުބާރާތެއް ފަށާފައެވެ.

އެގޮތުން އޭނާގެ ޕޭޖް ފޮލޯކޮށް، އިނާމުދޭނެކަމަށް އިއުލާނު ކޮށްފައިވާ ޕޯސްޓަށް ލައިކް ދިނުމަށާއި، ކޮމެންޓު ސެކްޝަންގައި އިތުރު ތިން މީހަކު ޓެގް ކުރުމުގެ އިތުރުން، އެޕޯސްޓު އެމީހެއްގެ ސްޓޯރީއަށް ލުމަށްފަހު އިނާމު ލިބެންވީ ސަބަބު ބަޔާން ކުރުމަށް ވެސް ކައި ވަނީ އެދިފައެވެ. އަދި އެމީހެއްގެ ޕްރޮފައިލް ޕަބްލިކް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ކައިވަނީ އެދިފައެވެ.

ކައިޒީންގެ މިޕޯސްޓުގައި ބުނެފައިވަނީ މިއީ އޭނާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނާގެ ފޭނުން އޭނާއަށް ދެމުން އަންނަ ލޯތްބާއި ހިތްވަރަށް ހެޔޮ ހިތުން ޝުކުރު އަދާކުރުމުގެ ގޮތުން ދޭ ހަދިޔާއެއް ކަމަށެވެ.

އިންސްޓަގްރާމުން މަޝްހޫރުކަން ލިބުނު މޮޑެލް ކައިޒީން އަކީ، ގިނަ މީހުންގެ ފާޑު ކިޔުން އަބަދުމެ އަމާޒުވާ ޝަޚްސިއްޔަތެއް ނަމަވެސް، އޭނާގެ ފޮލޯވަރުން އިންތިހާއަށް ގިނައެވެ. އަދި އޭނާއަކީ މީހުން ފާޑުކީ ނަމަވެސް، އެކަމަށް މާބޮޑު ރައްދެއް ދީފައިވާ މީހެއް ނޫންކަން ވެސް ފާހަގަ ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!