ޚަބަރު

ވީއައިއޭގައި އިއްޔެ އެކަނި ވެސް 239 ފްލައިޓް މޫމަންޓް، މިއީ ރެކޯޑެއް!

ދެން އެމްވީ ، ދެން އޮންލައިން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިއްޔެ 239 ފްލައިޓް ހަރަކާތްތައް ހިނގާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ. މިއީ ވީއައިއޭގެ ރެކޯޑެކެވެ.

އެމްއޭސީއެލްއިން ބުނީ، އިއްޔެ އެކަނިވެސް އެއާ ޓްރެފިކް ކޮންޓްރޯލާއަށް 239 ފްލައިޓެއްގެ މޫމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޓަނޭޝަނަލް 101 މޫމަންޓާއި، ޑޮމެސްޓިކް 121 މޫމަންޓްގެ އިތުރުން، 17 ސީޕްލޭން މޫމަންޓް އެވެ.

އިއްޔެ އެއާޕޯޓްގެ ރަންވޭ މަސައްކަތަކަށް ދެ ފަހަރެއްގެ މަތިން އެއާޕޯޓް ވަނީ ބަންދު ވެސް ކޮށްފައެވެ.

ކުރިން އެ ރެކޯޑް ހަދާފައި ވަނީ ޑިސެމްބަރު 1 ވަނަ ދުވަހުއެވެ. އެ ދުވަހު ވެލާނާ އެއާޕޯޓަށް 126 ފްލައިޓް ޖަައްސާފައި ވެއެވެ.

ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުން ފެށިގެން ފެބްރުއަރީ މަހާ ހަމަޔަށް އެއީ ފަތުރުވެރިކަމުގެ ސީޒަނެވެ. މި ދުވަސްކޮޅު ރާއްޖެއަށް އަންނަ ފަތުރުވެރިން އިންތިހާއަށް އިތުރުވާއިރު، މިއީ ރާއްޖޭގެ ސްކޫލްތަކާއި އެހެނިހެން ބައެއް ތަންތަންވެސް ބަންދު ދުވަސްކޮޅަކަށް ވުމުން ދަތުރު ކުރާ މީހުން ގިނަވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!