މުނިފޫހިފިލުވުން

ނަށަން ނޭނގިގެން ކޮރިއޯގްރާފަރަކު ޕްރިޔާންކާ އާއި ދިމާލަށް އެއްޗެހިކީ!

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ބޮލީވުޑް އާއި ހޮލީވުޑް ގައި ވެސް ކުރިއަރަމުން އަންނަ މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާ ޖޯނަސް އާއި ބެހޭގޮތުން ކުރިން ނޭނގޭ ވާހަކައެއް އޭނާ ހިއްސާ ކޮށްފިއެވެ.

އެގޮތުން "މިސް ވޯލްޑް" ކަމުގެ ތާޖު ބޮލުގައި އެޅުމަށްފަހު 2003 ވަނަ އަހަރު ބޮލީވުޑްގައި ޕްރިޔާންކާ އެންމެ ފުރަތަމަ ހަރަކާތްތެރިވީ އަކްޝޭ ކުމާރް އާއެކު ފިލްމު "އަންދާޒް" ގައެވެ.

އެފިލްމުގެ ލަވައެއްގެ ޝޫޓިންގަކަށް ސައުތު އެފްރިކާގައި ޝޫޓުކުރަމުން ދިޔައިރު ކޮރިއޯގްރާފަރ ރާޖޫ ޚާން ޕްރިޔާންކާއަށް ނަށަން ނޭނގިގެން އެއްޗެހިކީކަން ޕްރިޔާންކާ ހާމަކުރިއެވެ.

"އެއީ އަހަރެން އެންމެ ފުރަތަމަ ކުޅުނު ލަވަތަކުގެ ތެރެއިން ލަވައެއް. ސަރޯޖް ޚާންގެ ދަރި ރާޖޫ ޚާން ކޮރިއޯގްރާފަރަކީ. އަހަންނަށް ސްޓެޕްތައް ވަރަށް ގިނައިން ކިޔައި ދިނުމުން ވެސް ދަހެއްނުވި. އެހެންވެ ގާތްގަނޑަކަށް 40 އަށްވުރެ ގިނަ ފަހަރަށް އެމަންޒަރު ނަގަން މަސައްކަތް ކުރުމަށްފަހު ރާޖޫ ރުޅިއައިސްގެން އަހަންނާ ދިމާލަށް ބުނީ މިސް ވޯލްޑަށް ވެވުނީމަ ހިތައް އެރީހޯ އެކްޓަރަކަށް ވެވިދާނޭ. ފުރަތަމަ ގޮސް ނަށަން ދަސްކޮށްގެން އަންނާށޯ. އެކަމާއިހެދި ފިލްމުގެ ޝޫޓިން ހުއްޓިފަވެސް އޮތް. އަހަރެން ހީކުރީ އަހަންނަށް ދެން އެފިލްމު ގެއްލުނީއޭ. ނަސީބަކުން އަކްޝޭ ކުމާރުގެ އަންހެނުންގެ ސަބަބުން ސަލާމަތްވި" ޕްރިޔާންކާ ބުންޏެވެ.

އެއިރު އެފިލްމުގެ ޝޫޓިންގ މެދުކެނޑިފައި އޮއްވާ ޓްވިންކަލް ކަންނާ ވިހަން ބަނޑުގައި ރިއްސައިގެން އެންމެންނަށް އަނބުރާ އިންޑިއާއަށް އަންނަން ޖެހުނީއެވެ. އަލުން ޝޫޓިންގ ފެށެންވާއިރަށް ޕްރިޔާންކާ ދިޔައީ ނަށަން ދަސްކޮށްދޭ ކްލާހަކަށް ގޮސް، ނަށަން ދަސްކޮށްގެންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!