ޚަބަރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރެވޭ ގޮތް ހަދައިފި

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭ ގޮތް ހަދައިފިއެވެ.

Ads by STELCO

އެ ހޮސްޕިޓަލުން ބުނީ ކުރިންވެސް އެ ހޮސްޕިޓަލުގައި ހުރި ޕީސީއާރު މެޝިނާއި އެކްސްޓްރެކްޓަރ އާއި އެކު، މި ކިޓުތައް ލިބުމުން، މިހާރު ހޮސްޕިޓަލުން ކޮވިޑަށް ޓެސްޓު ކުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އިތުރު ޕީސީއާރު މެޝިނަކާއި އެކްސްޓްރެކްޓަރ އެއް ވަނީ އައްޑޫއަށް ދަތުރު ކުރުމުގެ މަގު މަތީގައެވެ.

މިއީ މާލެއިން ބޭރުގައި މި ބައްޔަށް ޓެސްޓު ކުރެވޭ އިންތިޒާމް ހަމަޖެހުނު ފުރަތަމަ ހޮސްޕިޓަލެވެ. އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ ކޮވިޑަށް ޓެސްޓު ކުރުމަށް ބޭނުންކުރާ ޕީސީއާރު ޓެސްޓު ކިޓުތައް މިހާރު ހޮސްޕިޓަލަށް ލިބިފައިވާ ކަމަށެވެ.

މާލެއިން އައްޑޫ ސިޓީއަށް ދަތުރުކޮށް، ޓްރާންސިޓް ކަރަންޓީނުގައި ހުރި މީހަކު މިދިޔަ ހުކުރު ދުވަހު ވަނީ ކޮވިޑް-19އަށް ފައްސިވެފަ އެވެ. މިއީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުން ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ.

ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އައްޑޫ ގަމުގައި ހުންނަ އީކުއޭޓާ ވިލެޖު ރިސޯޓުގައި ކަރަންޓީނުކޮށްފައި ހުރި 65 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގެ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެން، ފަސް ރަށެއްގައި ކޮވިޑް ފެސިލިޓީ ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީގައި 20 އެނދުގެ އައިސީޔޫ އަކާއި 22 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އައްޑޫ ސިޓީ ފޭދުގައި އަމިއްލަ ކުންފުންޏަކުން ހިންގަމުން އަންނަ ކްލިނިކެއްގައި ކޮވިޑް19 އަށް ޓެސްޓުކުރުމުގެ މަސައްކަތް ކުރި ނަމަވެސް އެކަމަށް ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!