ޚަބަރު

އެއް ޕާޓީއަކަށް ހުރިހާ ގޮނޑިއެއް ދިނުމާ ޔުމްނާ ދެކޮޅު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި އޮންނަންވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން އެކަން ހާސިލެއް ނުކުރެވޭނެ ކަމަށް، ހެރިޓޭޖް މިނިސްޓަރު އަދި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިންތިގާލީ ނައިބު ރައީސް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޔުމްނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އޮންނަން ވާނީ ތަފާތު ސިޔާސީ ޕާޓީތައް ހިމެނޭ ޑިމޮކްރެޓިކް ނިޒާމެއް ކަމަށާއި އެއް ޕާޓީއަކަށް ހުރިހާ ގޮނޑިތަކެއް ދީގެން މިކަން ހާސިލު ނުކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުން މިކަމާ ފުންކޮށް ވިސްނެވުމަށް ވެސް ޔުމްނާ ވަނީ ގޮވާލައްވާފައެވެ.

ޔުމްނާ މިކަމަށް ގޮވާލެއްވިއިރު އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ކަމަށާއި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ދިން ވިސްނުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ހއ.ހޯރަފުށީގައި ބޭއްވި ކެމްޕޭން އިވެންޓެއްގައި ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދު ހދ. ވައިކަރަދޫގައި އެޕާޓީން ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އިންތިހާބުގައި ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީއަށް ދިނުމަށް އެދިވަޑައިގެންފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!