ދުނިޔެ

މާރުކޭޓުތައް ހުޅުވާލުމާއެކު ޗައިނާއަށް ވައިރަހުގެ ދެވަނަ ރާޅެއްގެ އިންޒާރު

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގެ ބެއިޖިންގެ މާރުކޭޓުތައް ހުޅުވާލުމާއެކު ވައިރަހުގެ އިތުރު ރާޅެއް އަރާފާނެ ކަމުގެ އިންޒާރު މާހިރުން ދީފިއެވެ.

Ads by WAMCO

އެގޮތުން ބެއިޖިންގައި 50 ދުވަހަށް ފަހު ފެނުނު ފުރަތަމަ ކޭސްތައް ފެނިފައިވަނީ މާރުކޭޓުންނެވެ. ޒިންފަޑީ މާރުކޭޓުން ޓެސްޓުކުރި 517 މީހުން ގެ ތެރެއިން 45 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް މީހެއްގެ ގައިން ބަލީގެ އެއްވެސް އަލާމާތެެއް ފެނިފައެއް ނުވެއެވެ.

އެއާއެކު މި މާރުކޭޓު ސަރަހައްދުގެ 11 އަވަށެއް ވަނީ ހަރުކަށި ލޮކްޑައުން އަކަށް ގޮސްފައެވެ. ހަމައެހެންމެ އެ މާރުކޭޓުގެ 10 ހާހަށް ވުރެ ގިނަ މުވައްޒަފުން ވަނީ ވައިރަހަށް ޓެސްޓު ކުރުމަށް ހަމަޖެހިފައެވެ.

މީގެ އިތުރުންވެސް މި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުނާއި، މާރުކޭޓަށް ދިޔަ މީހުންގެ އިތުރުން މުވައްޒަފުންގެ ޑައިރެކްޓް ކޮންޓެކްޓުން ވެސް ޓެސްޓު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މާރުކޭޓުން ގިނަ ބަޔަކު ފައްސިވެފައިވަނީ ހޮނިހިރު ދުވަހު މާރުކޭޓަށް އައި ދެ މީހަކު ފައްސިވެފައި ހުރުމުން ކަމުގައި ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ވައިރަހުގެ ދެ ވަނަ ރާޅެއްގެ ބިރު ހީވުމާއެކު ބެއިޖިންގެ ކުޅިވަރު ކުޅޭ ތަންތަނާއި އާންމުން އެއްވެސް އުޅޭ ގިނަ ތަންތަން ވެސް ބަންދުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!