ދުނިޔެ

ކޮވިޑް-19: ނިއު ދިއްލީގައި ބަލި ފެތުރުން އިތުރުވެ އަނެއްކާވެސް މާބަނޑު އަންހެނަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ނިއު ދިއްލީ ގައި ކޮވިޑް-19 ފެތުރުން އިތުރުވެ ރަނގަޅަށް ފަރުވާ ނުލިބުމުގެ ސަބަބުން އަނެއްކާވެސް މާބަނޑު އަންހެނަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

މިދިޔަ ބުރާސްފަތި ދުވަހަށް ބަލާއިރު އެދުވަހު އެކަނި ވެސް ދިއްލީގައި މިބަލި ޖެހުނު މީހުންގެ އަދަދު 35% އިތުރު ވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އެގޮތުން އެދުވަހު ކޮވިޑް ގެ އަލާމާތްތައް ފެނިގެން 5360 މީހުން ރިޕޯޓު ކޮށްފައިވާއިރު އޭގެތެރެއިން 1877 މީހުން ވަނީ ބައްޔަށް ފައްސި ވެފައެވެ.

ބައްޔަށް ފައްސިވީ މީހުންގެ ތެރޭގަައި މާބަނޑު އަންހެނުން ވެސް ހިމެނޭ ކަމަށާއި އެގޮތުން މެއި 30 ން ޖޫން 11 އާއި ހަމައަށް ރިޕޯޓު ކޮށްފައިވާ މީހުންނަށް ބަލާއިރު 10% މީހުންނަކީ މާބަނޑު އަންހެނުން ކަމަށާއި އޭގެ ތެރެއިން ތިން އަންހެނުން މިބަލީގައި މިހާރު މަރުވެއްޖެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ޔޫނިއަން ހެލްތު މިނިސްޓަރ ހަރްޝްވަރްދަން ބުނީ ދިއްލީ އަކީ މިހާރު ކުރީގެ މުމްބައީ ކަމަށާއި ކުރިން މުމްބައީ ގައި ބަލި ފެތުރުނު މީހުންގެ އަދަދު ގިނަވެފައިވީ ނަމަވެސް މިހާރު ދިއްލީގައި މިބަލި ފެތުރެމުން އަންނަ މިންވަރު އިތުރުވަމުން އަންނަ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!