މުލީ ރަށުތެރެއަށް އެރި ވެލާތައް ފުލުހުން ސަލާމަތް ކޮށް މޫދަށް ދޫކޮށްލައިފި
މ. މުލީގެ ގޮނޑުދޮށަށް ވިހެއި ކުދި ވެލާތަކެއް މަގުއޮޅިގެން ރަށު ތެރެއަށް އެރުމާ ގުޅިގެން އެ ވެލާތައް ފުލުހުން ސަލާމަތް ކޮށް މޫދަށް ދޫކޮށްލައިފިއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ، ރަށުގެ މެދެއްހާ ހިސާބުން ވެލާތައް ފެނުނީ ރޭގެ ފަތިސްވާން އުޅެނިކޮށް ކަމަށެވެ. އަދި ވެލާތައް މަގުއޮޅި ރަށުތެރެއަށް އައިސް ފައިބާފައި ވަނީ، ވާރޭވެހިގެން މަގުގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރެއަށް ކަމަށް އޭނާ ބުންޏެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މ. މުލީގެ ހިކިފަސް ސަރަހައްދަކަށް ވިހާފައިވާ ޅަ ވެލާތަކެއް ނަގާ އެ ތަކެތި މޫދަށް ދޫކޮށްލާފައިވާ ކަމަށެވެ.
A clutch of baby turtles wandered around to dry land in M. Muli last night were collected by our officers and safely taken to the beach where the hatchlings reached the surf and rode the undertow out to sea. Officers were much delighted! #SaveTurtle #WeLoveNature pic.twitter.com/6wwMqlmTad
— Maldives Police (@PoliceMv) June 14, 2020
ވެލާތަަކަށް މަގު އޮޅިގެން ރަށުތެރެއަށް އަރާފައި ވަނީ، ވެލާ ބިސްވަޅު އެއްގަމުގެ ކޮންމެވެސް ހިސާބެއްގައި ހުރުމުގެ ސަބަބުން ކަމަށް އެ ރަށު މީހުން ބުނެފައިވެއެވެ.