ބޮލީވުޑްގެ މަޝްހޫރު ތަރި ޝުޝާންތު އަމިއްލަ އަށް މަރުވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރި ޝުޝާންތު އަމިއްލަ އަށް މަރުވެއްޖެއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 34 އަހަރުގެ އެކްޓަރު މަރުވެފައިވަނީ ދަންޖެހިގެން އަމިއްލައަށެވެ. އޭނާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ މުމްބާއީގެ ބޭންޑްރާގެ ގޭގެ ތެރެއިންނެވެ.
އޭނާގެ ކުރީގެ މެނޭޖަރ ޑިޝާ ސަލިއަން އަމިއްލައަށް މަރުވެފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ.
ސުޝާންތުއަކީ ޓީވީ ސީރިއަލްތަކުން މަޝްހޫރުކަން ހޯދި ތަރިއެކެވެ. އެގޮތުން ޒީޓީވީގެ "ޕަވިތްރަ ރިޝްތާ"އިން އޭނާ ބޮޑު މަގުބޫލު ކަމެއް ހޯދި އެވެ. އޭގެ ފަހުން ފިލްމް "ކައިޕޯޗޭ"އިން ބޮލީވުޑަށް ނުކުތެވެ. އޭނާގެ އެކްޓިންއަކީ ފާޑުކިޔުންތެރިން ވެސް ވަރަށް ތައުރީފް ކުރާ އެކްޓިންއެކެވެ.
އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ނެޓްފްލިކްސްގެ ފިލްމް ޑްރައިވް އިންނެވެ.