ބާސެލޯނާ އެނބުރި އައި މެޗުގައި ގޯލް ޖަހައި މެސީ ރެކޯޑެއް ހަދައިފި
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުން އެޓީމް ފަސޭހަ މޮޅެއް ހޯދިއިރު، މި މެޗުގައި މެސީ ލަނޑު ޖަހައި ރެކޯޑެއް ހަދައިފިއެވެ.
ރެއާލް މަޔޯކާ އަތުން ބާސެލޯނާ މޮޅުވީ 4-0 އިންނެވެ. މެޗުގައި ބާސެލޯނާއިން ޖެހި ހަތަރު ގޯލްގެ ތެރެއިން އެއް ގޯލް މެސީ ޖެހިއިރު، ދެ ގޯލް ޖެހުމަށް އޭނާވަނީ އެހީވެފައެވެ. އެޓީމްގެ އަނެއް ތިން ލަނޑު ޖަހައިދިނީ އާތޫރޯ ވިދާލް، މާޓިން ބްރެއިތްވެއިޓް އަދި ޔޯޑީ އަލްބާއެވެ.
މި މެޗުގައި މެސީ ޖެހި ގޯލާއިއެކު އޭނާވަނީ އައު ރެކޯޑެއް ހަދާފައެވެ. އެއީ މިދިޔަ 12 ސީޒަންގައިވެސް ސްޕެނިޝް ލަލީގާގައި 20 ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔާގެ ރެކޯޑެވެ.
މި މެޗުގައި މިދިޔަ ޖެނުއަރީ މަހު ސާޖަރީއަށްފަހު ކުޅުމާއި ދުރުގައި ހުރި ލުއިސް ސުއަރޭޒްވަނީ ކުޅެފައެވެ. ކޮވިޑް-19ގެ ސަބަބުން ސީޒަން މެޗު ކަނޑާލަން ނުޖެހުނުނަމަ މި ސީޒަނުގައި އޭނާ ނުފެނުމުގެ ފުރުސަތު އޮތެވެ.
މި މޮޅާ އެކު ބާސެލޯނާވަނީ ލީގުގެ އެއް ވަނައިގައި 5 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެޓީމް 61 ޕޮއިންޓާއިއެކު އޮތްއިރު ދެވަނައިގައި ރެއާލް އޮތީ 56 ޕޮއިންޓާއިއެކުގައެވެ. ރެއާލް މެޑްރިޑް މެޑްރިޑް މިރޭއެއިބާއާއި ދެކޮޅަށް ނިކުންނާނެއެވެ. މި މެޗުން މޮޅުވެ ރެއާލަށް ބާސެލޯނާއާއި ދެމެދުގައި އޮތް ފަރަގު އަނެއްކާ ވެސް ދެ ޕޮއިންޓަށް ކުޑަކުރެވޭނެއެވެ.
ސްޕެނިޝް ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު،ވިޔަރެއާލްވަނީ އެކެއް ސުމަކުން ސެލްތަވީގޯ އަތުން މޮޅުވެފައެވެ. އަލަވޭސް އަތުން ދޭއް ސުމަކުން އެސްޕަންޔޯލް މޮޅުވިއިރު، ލެގަނޭސް އަތުން ރެއާލް ވަލޮޑޮލިޑް އަތުން ދޭއް އެކަކުން މޮޅުވެފައެވެ.