ދުނިޔެ

ނިދާފައި އޮތަސް ކޮރޯނާ ވައިރަސް ޖެހޭނެ!

ދެން އެމްވީ ، ދެން އޮންލައިން

މީހާ ނިދާފައި އޮންނައިރު ކޮރޯނާ ވައިރަސް ނުޖެހޭނެ ކަމަށް ބުނި ޕާކިސްތާނުގެ ސިޔާސީ ލީޑަރަކަށް ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެއެވެ. އޭނާ ވަނީ ވައިރަސް ޖެހުން ހުއްޓުވުމަށް އަބަދު ނިދާފައި ތިބުމަށް ގޮވާލާފައެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ނެޝަނަލް އެސެމްބެލީ ގެ ކުރީގެ މެންބަރު ފައިޒުލް ރަހްމާން ދެއްކި މި ވާޙަކައިގެ ވީޑިއޯ ގެ މިހާރު މީސް މީޑިއާ ގައި ދަނީ ދައުރުވަމުންނެވެ.

އެ ވީޑިއޯ ގައި އޭނާ ވަނީ މީހާ ނިދާވަރަކަށް ވައިރަސް ވެސް ނިދާފައި ކަމުން ވައިރަހަށް ހަށިގަނޑަށް ގެއްލުން ނުދެވޭނެ ކަމަށް ބުނެފައެވެ. އަދި އަހަރެމެން މަރުވުމާއެކު ވައިރަސް މަރުވަނީ ކަމުގައި އޭނާ ބުނެފައިވެއެވެ.

އޭނާގެ މި ވާހަކަޔާއި ގުޅިގެން އޭނާ އަށް ވަނީ މީސް މީޑިއާ ގައި ގިނަ ބަޔަކު ވަނީ އޭނާއަށް މަލާމާތް ކޮށް ޖޯކު ޖަހާފައެވެ.

ޕާކިސްތާނުގައި ވައިރަސް ހަލުވިކަމާއެކު ފެތުރެމުން އަންނަ ކަމުގައި ވިޔަސް ޑަބްލިޔުއެޗްއޯ ގެ ގައިޑްލައިން އާ އެއްގޮތަށް އެގައުމު އަދި ލޮކްޑައުން ކޮށްފައެއްނުވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!