ދުނިޔެ

ކޮވިޑް-19: އެމެރިކާ މީހެއްގެ ހޮސްޕިޓަލު ބިލަށް 1.1 މިލިއަން ޑޮލަރު އެރުމުން އެޤައުމުން ބިލް ދައްކައިދިން، އެކަމަކު އިންޑިއާއިން އޭގެ އިދިކޮޅު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އެމެރިކާގެ ހޮސްޕިޓަލެއްގައި އެޑްމިޓު ކުރެވުނު އުމުރުން 70 އަހަރުގެ މައިކަލް ފްލޯ، އެބައްޔަށް ފައްސިވެ ހާލު ބޮޑުވިއެވެ.

Ads by WAMCO

އެގޮތުން ހޮސްޕިޓަލުގައި 62 ދުވަސް ހޭދަކުރުމަށްފަހު މައިކަލް ހޮސްޕިޓަލުން ޑިސްޗާޖް ކުރިއިރު 181 ސޮފްޙާގެ ބޮޑު ބިލެއް އޭނާގެ އަތަށް ދިނެވެ. އެބިލަށް 1.1 މިލިއަން އެމެރިކާ ޑޮލަރު އަރާފައިވުމުން މައިކަލް އަށް ހާޓް އެޓޭކެއް ނުޖެހުނީ ކިރިޔާއެވެ.

ނަމަވެސް އެމެރިކާ ސަރުކާރުގެ ފަރާތުން އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށް އުފައްދާފައިވާ "މެޑިކެއާރ" އިންޝުއަރެންސް ޕްރޮގްރާމުން ވަނީ މައިކަލްގެ ހޮސްޕިޓަލް ބިލު ދައްކައިދީފައެވެ.

އެފަދަ ބޮޑު ބިލަކުން ސަލާމަތްވުމުން މައިކަލް އުފާވިޔަސް އެވަރު ބޮޑު އަދަދެއް ޓެކްސް ދައްކާމީހުންގެ އަތުން ގޮސްފައިވުމުން އެކަމާއި އޭނާ ހިތާމަ ކުރާކަމަށް ވެސް މައިކަލް ބުންޏެވެ.

އެމެރިކާގައި މިފަދައިން ކަންތައްވެފައިވާއިރު، އިންޑިއާގައި ކަންތައްވެފައި ވަނީ އޭގެ އިދިކޮޅަށެވެ.

އުމުރުން 53 އަހަރުގެ ރާހުލް ނާދިޔަވާލާ ވެސް ކޮވިޑް އަށް ފައްސި ވެގެން އިންޑިއާގެ ހޮސްޕިޓަލެއްގަައި އެޑްމިޓު ކުރެވުނެވެ.

ޖުމްލަ 23 ދުވަހު އެތަނުގައި އޮތުމަށްފަހު ބިލަށް ބަލާލިއިރު އަރާފައިވަނީ 20 ލައްކަ ރުޕީސް އެވެ.

ނަމަވެސް އިންޑިއާގެ އިންޝުއަރެންސުން ދައްކައިދިނީ އޭގެން 7.5 ލައްކަ އެވެ. ބާކީ ބައި ދައްކަން ޖެހުނީ ރާހުލް ގެ އަމިއްލަ ޖީބުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!