ދުނިޔެ

އަމިއްލައަށް މަރުވީތޯ ނޫނީ މަރާލީތޯ އަދިވެސް ސުވާލު އުފެދޭ: ސުޝާންތުގެ އެކުވެރިން

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގައި ފިޔަ ޖަހަމުން ދިޔަ މަޝްހޫރު ބަތަލު ސްޝާންތު ، އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި ދަންޖެހި މަރުވި ނަމަވެސް އޭނާގެ ރައްޓެހިން ދަނީ އޭނާގެ މަރާއި މެދު ސުވާލު އުފައްދަމުންނެވެ.

Ads by Sosun Fihaara

''ދަން އިންޑިއަން ޝޯވ''ގައި މިއަދު ވާހަކަ ދެއްކި ސްޝާންތުގެ އެކުވެރިއަކު ބުނީ އޭނާއަކީ ސާދާ ދިރިއުޅުމެއް އުޅެމުން ދިޔަ މީހެއް ކަމަށާއި އެމީހުންނާއި ބައްދަލުވެ އުޅޭއިރު ވެސް އޭނާއަކީ ސެލެބްރިޓީއެއްގެ އިހްސާސްއެއް ނުވާކަމަށެވެ. ސްޝާންތުގެ ގެ ކައިރީގައި ހުރެ ވާހަކަ ދައްކަމުން އޭނާ ބުނީ ސްޝާންތަކީ އަބަދު ވެސް އެކުވެރިންނާއި ދިމާވާ މައްސަލަތަކުގައި އެހީތެރިވެދީ އެކަން ހައްލުކޮށް ދިނުމަށް މަސައްކަތް ކުރި މީހެއް ކަމަށެވެ.

''އަހަރެމެން ކުރިކެޓް ކުޅެ އުޅުނު ތަން މިއީ ، ސްޝާންތު އެންމެ ފަހުން އައި ދުވަހު ވެސް އޭނާއަކީ ސެލްބްރިޓީއެއްގެ އިހްސާސެއް ނުވޭ ، އެކުވެރިންނާއެކު ވާހަކަ ދައްކާ އުޅުނީ ހަމަ އާދައިގެ މީހެެއްގެ ގޮތަށް ، އަބަދު ވެސް އެކުވެރިން މޯޓިވޭޓްކޮށް ، އެމީހުންގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދޭ" ސުޝާންތުގެ ގެ ކައިރީގައި ދިރިއުޅޭ އޭނާގެ އެކުވެރިއެއް ބުންޏެވެ.

އޭނާ ބުނީ ސުޝާންތުގެ އެފަދަ މިޒާޖުގެ ސަބަބުން އޭނާ އަމިއްލަ އަށް މަރުވެދާނެ ކަމަށް ޤަބޫލު ކުރަން ދަތި ކަމަށާއި އަދި މިހާރުވެސް އޭނާ މަރުވީ އަމިއްލައަށްތޯ ނުވަތަ މީހަކު މަރާލީތޯ ސުވާލު އުފެދޭ ކަމަށެވެ. ސުޝާންތުގެ ބޭބެ ވެސް ވަނީ އިންޑިން ޝޯވ ގައި މި މޭރުމުން ވާހަކަ ދައްކާފައެވެ. އެގޮތުން ސްޝާންތު އަމިއްލަ އަށް މަރުވާން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި އޭނާގެ މަރުގެ މައްސަލަ ފުރިހަމައަށް ތަޙްގީގް ކުރުމަށް އެދޭ ކަމަށް ސްޝާންތުގެ ބޭބެ ބުންޏެވެ.

އިންޑިއާގެ ކުރީގެ ކުރިކެޓް ކެޕްޓަން މަހިންދުރަ ސިންގު ދޯނީގެ ޙަޔާތުގެ މައްޗަށް ކުޅުނު ފިލްމްގައި ދޯނީގެ ރޯލް އަދާކޮށް ، ބެލުންތެރިންގެ މެދުގައި ބޮޑު މަޤްބޫލު ކަމެއް ހޯދި ސްޝާންތު ސިންގު ރާޖުޕޫތު އިއްޔެ ދަންޖެހިފައި ހުއްޓާ ފެނުނީ މުމްބާއީގެ ބަންޑްރޭގައި އޭނާ ދިރިއުޅޭ ގެއިންނެވެ. ދަންޖެހުނު ނިޝާން ފިޔަވައި އިތުރު އެއްވެސް ނިޝާނެއް ނުފެނު ނަމަވެސް ފުލުހުން ވަނީ ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެންމެ ފަހުން ސްޝާންތާއި ބައްދަލުވީ މީހުންގެ ބަޔާންތައް ފުލުހުން ދަނީ ނަގަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!