މުނިފޫހިފިލުވުން

ކުރިން ކައި އަށް ފާޑުކީ މީހުން މިހާރު އަވަދިނެތި އުޅެނީ 3000 ޑޮލަރު ލިބޭތޯ!

މިއީ އައު ވާހަކައެއް ނޫނެވެ.

ރާއްޖޭގެ މޮޑެލް ކައިޒީން (ކައި) ގެ ވާހަކައެއް އިވިއްޖެނަމަ، ނުވަތަ ފޭސްބުކް އިން ޕޯސްޓެއް ފެނި އޭނާއާއި ބެހޭގޮތުން ލިޔެފައިވާ ޚަބަރެއް ފެނުނަސް، އެޚަބަރަކަށް ހަޖޫ ޖަހާ މީހުން އިންތިހާއަށް ގިނައެވެ.

ކައި އިންޓަވިއު އެއްގައި ވާހަކަ ދައްކަމުން އަނގައޮޅުނަސް، ނުވަތަ ފާހަގަ ކޮށްލެވޭ އެއްޗެއް ބުންޏަސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެބަސްތައް މުޅި މީސް މީޑިއާގައި ދައުރުވެއެވެ. މީހުންތައް ހީވާނީ އެމަންޖެ ނޮޅާކާލަފާނެ ހެންނެވެ.

އެކި މީހުން ކައި އަށް ފާޑުކިޔާފައި އެޚަބަރުތަކަށް ކޮމެންޓު ކުރުމުގެ އިތުރުން، އޭނާއަށް ޖޯކު ޖަހާފައި ޓިކްޓޮކް ވީޑިއޯތައް ވެސް ހަދައެވެ.

ނަމަވެސް މިހާރު އިންސްޓަގްރާމުން ފެންނަމުން އަންނަނީ މުޅިން އެހެން މަންޒަރެކެވެ. ކައި ގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 100ކޭ އަށް އެރުމުން އޭނާވަނީ އިނާމެއްގެ ގޮތުގައި 3000 ޑޮލަރު ދޭން ނިންމާ، މުބާރާތެއް ފަށާފައެވެ.

އެގޮތުން މިމަހުގެ 27 ގައި ހަމަވާ އެ މުބާރާތުގެ ގުރުއަތުނެގުން އޮންނަނީ މިމަހުގެ 30 ވަނަ ދުވަހުގައެވެ. އެދުވަހު ތިން ނަސީބުވެރިއެއް ނަގާއިރު ކޮންމެ މީހަކަށް 1000 ޑޮލަރު ދޭން ކައި ވަނީ ނިންމާފައެވެ.

ކައި އިއުލާނުކުރި މިމުބާރާތަށްފަހު އޭނާއަށް ފާޑުކިޔާ މީހުން މަދުވެ، ފައިސާބޮނޑި ހޯދަން މަސައްކަތް ކުރާ މީހުން ގިނަ ވެއްޖެއެވެ. ކުރާނީކީއް ހެއްޔެވެ. މިވެސް ދިވެހީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!