ދުނިޔެ

ދުވާލަކު ދެ އިރަށް ބަބްލް ޓީ ބުއި މީހަކު ކޯމާ އަކަށް

ދެން އެމްވީ ، ދެން އޮންލައިން

ދުވާލަކު ދެ ފަހަރަށް ބަބްލް ޓީ ބުއި މީހެއްގެ ލޭގައި ހަކުރު މަތިވެ، ކޯމާ އަކަށް ގޮސްފިއެވެ. އޭޝިއާ ވަޔަރ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާ ގެ 18 އަހަރުގެ މި ކުއްޖާ ވަނީ އެއް މަސްވަންދެން ކޮންމެ ދުވަހަކު ދެ އިރަށް ބަބްލް ޓީ ބޮއެފައެވެ.

Ads by Sosun Fihaara

ބަލިވި ދުވަހު އޭނާ ފެނިފައިވަނީި ހޭ ނެތިފައި އޮއްްވާ ކަމުގައި ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. ހޭ ނެތުމުގެ ކުރިން ވެސް އޭނާ އަށް ހަކުރު މަތިވުމުގެ ސަބަބުން ވާ އުނދަގޫތައް ވަމުން އައި ކަމުގައި އޭނާ ގެ އާއިލާ އިން ވަނީ ބުނެފައެވެ.

އެގޮތުން ކޯމާ އަށް ދިއުމުގެ ކުރިން ހޮޑު ލަވައި، މާ ގިނައިން ކުޑަކަމުދެވި އަދި ޑީހައިޑްރޭޝަން ގެ މައްސަލަތައް އޭނާ އަށް ވަނީ ކުރިމަތިވެފައެވެ.

ރިޕޯޓުތައް އިތުރަށް ބުނާ ގޮތުގައި އޭނާ އަށް ފަރުވާ ދިން ރުޖިން ހޮސްޕިޓަލަށް ގެންދިޔައިރު އާންމުކޮށް ހުންނަ ޖެހޭ ވަރަށް ވުރެ 25 ގުނަ އިތުރަށް އޭނާގެ ލޭ ގައި ހަކުރު ވަނީ މަތިވެފައެވެ.

އެކަމާ ގުޅިގެން ކިޑްނީ ގެ ޑައިލިސިސް އަކަށް ފަހު އޭނާ ހޭ އަރާފައިވަނީ 5 ދުވަސް ފަހުންނެވެ.

ރާއްޖެއިން ވެސް ލިބެން ހުންނަ ބަބްލް ޓީ އެއްގައި އާންމު ކޮށް ހުންނަ އައިސް ޓީ އަށް ވުރެ ދެ ގުނަ ހަކުރު އިތުރަށް ހުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!