މުނިފޫހިފިލުވުން

ސުޝާންތުގެ ފަހު ފިލްމު އޮންލައިންކޮށް ބަލާލެވޭ ގޮތް ހަދަނީ

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ތަރި ސުޝާންތު ސިންގް ރާޖުޕުތް އަމިއްލަ އަށް މަރުވި ހަބަރުވެގެން ދިޔައީ ގިނަ ބަޔަކަށް އެކަމުގެ ސިހުމާއި ހިތާމަ ގެނުވި ކަމަކަށެވެ.

Ads by STELCO

އިންޖިނިއަރިން ކިޔަވަމުުން އައިސް އެކްޓިން އަށް ހުރި ލޯތްބެއްގެ ބޮޑު ކަމުން އެކްޓު ކުރަން ފެށި ސުޝާންތު މަރުވެފައިހުއްޓާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެއިންނެވ

ޒީޓީވީގެ "ޕަވިތްރަ ރިޝްތާ"އިން އޭނާ ބޮޑު މަގުބޫލު ކަމެއް ހޯދައި އޭގެ ފަހުން ފިލްމް "ކައިޕޯޗޭ"އިން ބޮލީވުޑަށް ނިކުތް ސުޝާންތު ގެ އެންމެ ފަހު ފިލްމަކީ "ދިލް ބޭޗާރާ" އެވެ. މިދިޔަ މަހުގެ އަށް ވަަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައި އޮތް މި ފިލްމް ރިލީޒް ނުވީ ލޮކްޑައުން ގެ ސަބަބުންނެވެ.

ލޯބިވެރިޔާއަށް ފުރާނައަށް ނުރައްކާ ބައްޔެއް ޖެހުމުން އޭނާއަށް ހިތްވަރުދީ ރަނގަޅުކުރަން ފިރިހެނަކު ކުރާ މަސައްކަތް ދައްކުވައިދޭ މި ފިލްމް އޮންލައިން ކޮށް ރިލީޒް ކުރަން ހަމަޖެހިފައިވާ ކަމަށް އިންޑިއާ ގެ ގިނަ ނޫސްތަކުން ވަނީ ބުނެފައެވެ.

މި ފިލްމަކީ ހޮލީވުޑުގެ ފިލްމެއް ކަމަށްވާ "ދަ ފޯލްޓް އިން އަވާ ސްޓާރސް" ގެ ރީމޭކެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!