ޚަބަރު

15 އަހަރުގެ ކުއްޖެއްގެ ނޭވާ ހޮޅިން ޕިނެއް ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި ކުޑަކުއްޖެއްގެ ނޭވާ ހޮޅިން ޕިނެއް ނަގައިފި އެވެ.

Ads by Sosun Fihaara

އައިޖީއެމް ހޮސްޕިޓަލުގައި އެކުއްޖާގެ އޮޕަރޭޝަން ކުރި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕިން ނަގާފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖެއްގެ ނޭވާހޮޅިން ކަމަށެވެ.

އޮޕަރޭޝަނަށްފަހު ޑޮކްޓަރުންގެ ޓީމުން އާންމުކުރި ވީޑިއޯއެއްގައި ބުނެފައި ވަނީ އެ ޕިން ނަގާފައި ވަނީ ރިޖިޑް ބްރޮންކޯސްކޯޕް ބޭނުންކޮށްގެން ކަމަށެވެ. އެއީ ދަގަނޑު ހޮޅިއެއް ގޮތަށް އިންނަ އެއްޗެއް ނޭވާހޮޅީގެ ތެރެއަށް ލައްވައިގެން ޕިން ނެގުމެވެ.

މީގެ ކުރިން ވެސް ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގަން އެ ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކޮށްފައިވާ އިރު އެހެން ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ބްރިކެއް ވެސް ވަނީ ނަގައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!