ޚަބަރު

އަހަރުގެ ފުރަތަމަ ހަފުތާގައި ދައުލަތުން 219 މިލިއަން ހަރަދުވި

ދެން އެމްވީ ، ދެން އޮންލައިން

މި އަހަރުގެ ފުރަތަމަ ހަފުތާގައި ދައުލަތަށް ލިބުނީ 87.8 މިލިއަން ރުފިޔާ ކަމަށާއި އެކަމަކު 219.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއްޖެ އެވެ.

Ads by Sosun Fihaara

ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ބަޖެޓުން ހަރަދު ކުރަން ފެށި ފުރަތަމަ ހަފުތާގައި ދައުލަތަށް 54.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ޓެކްސް ނޫން ގޮތް ގޮތުން އާމްދަނީގެ ގޮތުގައި 32.8 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި މުއްދަތުގައި ހިލޭ އެހީގެ ގޮތުގައި އެއްވެސް އަދަދެއް ލިބިފައެއް ނުވެ އެވެ.

ރިޕޯޓުން ދައްކާގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރިކަރަންޓު ހަރަދުތަކަށެވެ. އެގޮތުން، ހިންގުމުގެ ހަރަދުގެ ގޮތުގައި 129.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި މުސާރަ އާއި ޕެންޝަނަށް 8.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި މުއްދަތުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށާއި އިންވެސްޓްމެންޓުތަކަށް ހޭދަ ކޮށްފައިވަނީ 82 މިލިއަން ރުފިޔާ އެވެ. މިއަހަރު އެކި ކަންތައްތަކުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 35.9 ބިލިއަން ރުފިޔާ އެވެ.

މިދިޔަ އަހަރުގެ ބަޖެޓުން ހަރަދު ކުރަން ފެށިތާ، ފުރަތަމަ ހަފުތާގައި ދައުލަތަށް 234.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ މުއްދަތުގައި ޓެކްސްގެ ގޮތުގައި 153 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތަށް 93 މިލިއަން ރުފިޔާ ލިބުނެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ދެ ލައްކަ ރުފިޔާ ލިބިފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!