ދުނިޔެ

އަހަރެންގެ ދަރިންނާއި އެކުދިންގެ ބައްޕަ ބައްދަލު ކޮށްދީ: ފިރިމީހާގެ އިންތިޒާރުގައި ހުރި ދުބާއީ އަންހެނެއް

ދެން އެމްވީ ، ދެން އޮންލައިން

ދުބާއީ: ދުބާއީގައި އޭނާގެ ކުޑަ ތިން ދަރިންނާއެކު އެކަނި ދިރިއުޅެމުންދާ އަންހެނަކު، އޭނާގެ ފިރިމީހާ އަނބުރާ ޔޫއޭއީ އަށް ގެނެސްދިނުމުގައި އެހީތެރިވުމަށް އެދިއްޖެއެވެ.

Ads by Sosun Fihaara

ސަންޖަނާ ނަމަކަށް ކިޔާ އެއަންހެންމީހާ "ގަލްފް ނިއުސް" އާއި ވާހަކަ ދައްކަމުން ބުނީ އޭނާގެ ފިރިމީހާ ޙުސެއިން ހުރީ ޕާކިސްތާނުގައި ތާށިވެފައި ކަމަށާއި، އެމީހުންގެ ދަރިން ކައިރިއަށް ފިރިމީހާއަށް އާދެވޭނެ މަގުފަހި ކޮށްދިނުމަށެވެ.

ފެތުރެމުންދާ ކޮވިޑް-19 ގެ ނުރައްކަލުގެ ސަބަބުން ސަންޖަނާގެ ފިރިމީހާއަށް އަނބުރާ ދުބާއީ އަށް ނާދެވިފައި ހުންނަތާ ތިން މަސް ވަނީއެވެ.

އެދެމަފިރިންނަށް ދާދި ފަހުން އެއްމާބަނޑު ދެ ފިރިހެން ކުދިން ލިބިފައިވާއިރު އެކަނިމާ އެކަނި ތިން ކުދިން ބެލުމުގައި ދަތިތަކަކާއި ކުރިމަތިވަމުން އަންނަ ކަމަށް ސަންޖަނާ ބުނެފައިވެއެވެ.

ފިރިމީހާ ދުބާއީ އަށް ގެނައުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރި ކަމަށް ސަންޖަނާ ބުނެފައިވެއެވެ. އެގޮތުން އޭނާގެ ފިރިމީހާއަށް ދަތުރު ކުރުމުގެ ހުއްދައަށް އެދި ދެ ފަހަރު ހުށަހެޅިކަމަށް ސަންޖަނާ ބުންޏެވެ. ނަމަވެސް ފުރަތަމަ ފަހަރު އެހުއްދަ ބާތިލުވީ ކަމަށާއި ދެވަނަ ފަހަރަށް އެދުމުން އަދިވެސް އިނީ ޕެންޑިންގާއި ކަމަށް ސަންޖަނާ ބުންޏެވެ.

"މިހާރު ދުބާއީ އަށް ޕާކިސްތާނުން ފްލައިޓުތައް އަންނަން ފަށައިފި. އެހެންކަމުން ކަމާއިބެހޭ ފަރާތްތަކުން އަހަރެން އެދެން އަހަރެންގެ ފިރިމީހާއަށް އަނބުރާ އަހަރުމެން ގާތަށް އާދެވޭނެ ގޮތް ހަދައިދެއްވުމަށް" ސަންޖަނާ ބުނެފައިވެއެވެ.

"އަހަރުމެންގެ ތިން ދަރިން އެބަތިބި. ދޮށީ ފިރިހެން ދަރިއަށް ދެ އަހަރު އަދި އެންމެ ހަގަށް ލިބުނު އެއްމާބަނޑު ދެ ކުދިންނަށް އަދި ވީ އެންމެ ތިން މަސް. އެކުދިންނަށް އެކުދިންގެ ބައްޕަ ބޭނުންވޭ. އަހަންނަކީ ވަޒީފާއެއް އަދާ ކުރާ މީހެއް ނޫން. ގެވެށި އަނތްބެއް. އެހެންކަމުން ފިރިމީހާ ނެތީމަ ގޭގެ ޚަރަދުތައް ބަލަހައްޓަން ވަރަށް އުނދަގޫ. ދަރިންނަށ ބޭނުންވާ ނެޕީއާއި، ކިރުދަޅާއި އެއްޗެހި ގަނެވޭނެ ގޮތެއް ނެތް." ސަންޖަނާ އާދޭސް ކުރިއެވެ.

ސަންޖަނާ ބުނި ގޮތުގައި އެމީހުންގެ އެއްމާބަނޑު ދެކުދިނަށް އަދި އެކުދިންގެ ބައްޕަ އެވަރަށް ނުވެސް ފެނެއެވެ. އަދި ދެއަހަރުގެ ކުއްޖާ ބައްޕަ ދުށުމަށް އެދި ކޮންމެ ދުވަހަކު އާދޭސް ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!