ދުނިޔެ

ބަލިވުމުން ދަރިފުޅު ބަލަން މަންމަ ދިޔަ، އެކަމަކު ގަދަވުމުން އެމަންމައަށް އަނިޔާކޮށް ގެއިން ނެރެލި

ދެން އެމްވީ ، ދެން އޮންލައިން

މީގެ ހަތަރު މަސް ކުރިން ލީލާވަތީ ކޭދަރްނާތު މުމްބާއީ އަށް ދިޔައީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ވަރަށް ބޮޑަށް ބަލިވެ އުޅޭކަމުގެ ޚަބަރު ލިބުމުން، ދަރިފުޅަށް އަޅާލާ، ބެލުމަށެވެ.

Ads by Sosun Fihaara

ނަމަވެސް އެދަރިފުޅުގެ ހުރި ނުބައި ކަމާއެވެ. ބަލިން ގަދަވުމާއެކު އޭނާ، އޭނާގެ މަންމައަށް އަނިޔާކޮށް ގެއިން ވެސް ނެރެލިއެވެ.

"އަހަންނަށް ކާން ދެނީ ވެސް ކެއުމަށްދާ ޚަރަދަށް ފައިސާ ދިނީމަ. ތިން މަހަށްވުރެ ގިނަ ދުވަސްވި އަހަރެން ކައިރީގައި އެގެއިން ނިކުންނަށް ކިޔާތާ. އަހަންނަށް އަނިޔާވެސް ކުރި އޭނައާއި އޭނަގެ އަންހެނުން، ގެއިން ނިކުންނާށޭ ކިޔާފަ. އެކަމަކު ލޮކްޑައުންވީމަ ކެތްކޮށްގެން އަހަރެން ހުރީ. އެއްދުވަހު އެކަމަކު އެމީހުން އަހަރެން ގެއިން ނެރެ އެއްލާލީ" ރޮވިފައިހުރެ ލީލާވަތީ ކިޔައިދިނެވެ.


މުމްބައީ އަށް ދިޔުމުގެ ކުރިން ލީލާވަތީ ދިރިއުޅެމުން ދިޔައީ ނިއު ދިއްލީގައެވެ. އެހެންކަމުން ދޮށީ ދަރިފުޅުގެ ގެއިން ނެރެ އެއްލާލުމުން އޭނާ އަނބުރި ދިއްލީއަށް ދާން ޓްރެއިން ސްޓޭޝަނަށް އޭނާ ދިޔައީ ހިނގާފައެވެ.

އެގޮތުން މުމްބައީގެ މަހުލް ގާއޯއިން ބާންޑްރާ ޓާމިނަލަށް 13 ކިލޯމީޓަރަށް ހިނގާފައި ދިޔުމަށްފަހު، ވަރުބަލި ވެގެން ސްޓޭޝަން ކައިރީގައި ހުރި ގަހެއްގެ ދޮށުގައި ލީލާވަތީ އިށީން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.

"އަހަރެން އަތުގައި އެއްވެސް ފައިސާއެއް ނެތް. އެހެންވެ ހިނގާފައި ދިޔައީ. އެހެން ދުއްވާފައިދިޔަ ޓްރަކެއްގައި ތިބި ބަޔަކު އަހަންނަށް ފެނާއި ބިސްކޯދު ދިން." ހިންދުސްތާން ޓައިމްސް އަށް މައުލޫމާތު ދެމުން ލީލާވަތީ ބުންޏެވެ.

ގަސްދޮށުގައި ދެތިން ގަޑިއިރު އިންފަހުން ސްޓޭޝަންގެ މީހުންނަށް އޭނާ އެތަނުގައި އިންކަމުގެ ޚަބަރު ލިބިގެން ލީލާވަތީ ކައިރިއަށް ދިޔައެވެ. އަދި އޭނާގެ ވާހަކަ ކިޔައިދިނުމުން، އެމީހުންގެ ޚަރަދުގައި ލީލާވަތީ ދިއްލީއަށް ފޮނުވައިދީ އަދި ދިއްލީ ސްޓޭޝަނުން އޭނާގެ ހަގުދަރިފުޅުގެ ގެއަށް ވެސް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!