ޚަބަރު

ބުރިޖް މަތިން ފުއްމާލަން އުޅުނު މީހަކު ސަލާމަތްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސިނަމާލެ ބްރިޖް މަތިން ފުއްމާލަން މަސައްކަތް ކުރި މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ މިމަހުގެ 19 ވަނަ ދުވަހު ހިނގި އެ ހާދިސާގައި އެމީހާ ފުއްމާލަން އުޅުނީ އެރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި އެމީހާ ސަލާމަތްކޮށްފައިވަނީ ބްރިޖް ކައިރީ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ކަމަށެވެ.

ފުލުހުން ވިދާޅުވީ އިމަޖެންސީ ހާލަތެއް ދިމާ ވުމުގެ ސަބަބުން އެ މީހާގެ ފުރާނަ ސަލާމަތް ކުރީ، ހެލްމެޓް ނުލައި ބްރިޖު މައްޗަށް އަރައި ކަމަށެވެ. އަދި އެމީހާ އޭޑީކޭއަށް ގެންގޮސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

"ބްރިޖް އާއި އެންމެ ކައިރީގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުން ވަނީ އެމެޖެންސީ ހާލަތެއް އައުމުން، މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގެ ގޮތުން، ޑިއުޓީ އޮފިސަރުގެ ހުއްދައާއި އެކު ހުރިގޮތަށް (ހެލްމެތް ބަލާ ދެވޭނެ ވަގުތު ނެތުމުން ހެލްމެޓް ނުލާ) ވަގުތުން ބްރިޖަށް އަރައި ފުއްމާލަން އުޅުނު މީހާ ހުއްޓުވައި އޭނާގެ ފުރާނަ ސަލާމަކޮށްދީފައި،" ފުލުހުން ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!