މުނިފޫހިފިލުވުން

ސުޝާންތުގެ ޖަނާޒާގައި އޭނަގެ ފަހަރިވެސް މަރުވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ ޒުވާން އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު (34އ.) އަމިއްލައަށް މަރުވުމާއި ގުޅިގެން، އެކަމުގެ ހިތާމައިގައި އޭނަގެ ފަހަރި، ސުދާ ދޭވީ، ވެސް މަރުވެއްޖެއެވެ.

މިމަހުގެ 14 ވަނަ ދުވަހު ބާންޑްރާގައި ސުޝާންތު ދިރިއުޅޭ އެޕާޓްމަންޓުގައި ދަންޖެހިގެން އަމިއްލަ އަށް މަރުވެފައިވާއިރު، ސުދާ މަރުވީ ސުޝާންތުގެ ޖަނާޒާ ބާއްވަމުން ދަނިކޮށެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ސުޝާންތު މަރުވި ޚަބަރު އިވުން ފަހުން ލިބުނު ހިތާމައިގައި ސުދާ ވަނީ ކެއިން ބުއިން ވެސް ހުއްޓާލާފައެވެ.

ސުޝާންތު މަރުވުމުން ގިނަ ބޮލީވުޑް އެކްޓަރުންނެއް ވަނީ ހިތާމަފާޅު ކޮށްފައެވެ. އަދި ޝާހްރޫކް ޚާން، ޝްރަދާ ކަޕޫރް އަދި ކްރިތީ ސަނޮން ފަދަ އެކްޓަރުން ވަނީ ސުޝާންތުގެ ޖަނާޒާގައި ބައިވެރިވެސް ވެފައެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ސުޝާންތުގެ ފަހަރި މަރުވީ ހާޓް އެޓޭކެއް ޖެހިގެނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!