ދުނިޔެ

ކޮވިޑް-19: ސަމާލުވޭ! ފަލަމީހުން މިބަލިން ސަލާމަތްވުމުގެ ފުރުސަތު ކުޑަކަމަށް ރިޕޯޓުތަކުން ދައްކާ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ބެހޭގޮތުން މިހާތަނަށް އެނގިފައިވަނީ މިބަލީގެ ސަބަބުން ހާލު ބޮޑަށް ގޯސްވެފައިވަނީ އުމުރުން ދުވަސްވީ މީހުންގެ ކަމެވެ.

Ads by Sosun Fihaara

ނަމަވެސް ފްރާންސް، އިޓަލީ، ޗައިނާ އަދި އެމެރިކާގައި މިބަލި ޖެހުނު މީހުންނަށް ބަލާއިރު ގިނަ އަދަދެއްގެ ޒުވާނުން ވެސް ހިމެނޭކަން ވަނީ ފާހަގަ ވެފައެވެ. އޭގެ ތެރޭގައި ގިނައީ ފަލަ މީހުންކަން ވެސް މިދިރާސާ ކުރި ފަރާތްތަކުންވަނީ ހާމަ ކޮށްފައެވެ.

ކޮވިޑުން ފުރިހަމައަށް ރައްކާތެެރިވެ ތިބުމަށް މިބައްޔާރި ފަލަވުމާއި ހުރި ގުޅުން އެނގުންވެސް ވަރަށް މުހިންމެވެ.

ހަށިގަނޑުން ފަލަކޮށް ހުންނަ މީހުންގެ ނޭވާލާ ނިޒާމާއި ދިފާއީ ނިޒާމު ވަރަށް ބަލިކަށި ވާނެއެވެ. މީގެއިތުރުން ފުރާނައަށް ނުރައްކާވާފަދަ އެހެން ބަލިތައް ޖެހުމަށް މަގުފަހި ކުރުވާއިރު، އެކަމަކުގެ ސަބަބުން ކޮރޯނާ ވައިރަސް ފަސޭހައިން ޖެހުމަށް ވެސް މަގުފަހިވެއެވެ.

ކޮވިޑްގެ ނުރައްކާތެރިކަން މިހާރު ފެތުރިފައިވާއިރު، ފަލަވުމުގެ ބަލިން ރައްކާތެެރިވެ ސަމާލުވެ ތިބުމަކީ ވެސް މުހިންމު ކަމެކެވެ.

އެހެންކަމުން، ފަލަވުމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ނަގާ މިކަމަށް އަވަހަށް ފަރުވާކޮށް ހިކެން މަސައްކަތް ކުރަން އަވަހަށް ފަށްޓަންވާނެއެވެ. ސިއްޙަތައް ފައިދާކުރާ ކަންކަން ކުރުމަކީ އާއްމުކޮށް ގިނަ މީހުންނަށް ކުރަން އުނދަގޫކަމެއް ނަމަވެސް، އަމިއްލަ ރައްކަލަކަށްޓަކައި ވެސް ސިއްޙަތައް ފައިދާހުރި ކާނާ ކެއުމާއި ކަސްރަތު ކުރަން ފެށުން ރަނގަޅެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!