ލައިފްސްޓައިލް

ބަލިވެ އިދެ ހޮޑު ލެވޭނަމަ އިނގުރު ފެން ވަރެއް ހަމަ ނެތް!

ދެން އެމްވީ ، ދެން އޮންލައިން

އިނގުރާއި އެކިއުޕްރެޝާ އަކީ ބަލިވެ އިނުމާ ގުޅިގެން ކުރިމަތިވާ، ހޮޑުލުމާއި މޭނުބައިކުރުން ފަދަ އުނދަގޫތަކުން ސަލާމަތް ވުމަށް ބޭނުންކުރެވިދާނެ ފަރުވާތަކެއް ކަމަށް ރޯޔަލް ކޮލެޖް އޮފް އޮބްސްޓެޓްރިޝަންސް އެންޑް ގައިނޮކޮލޮޖިސްޓްސް (އާރްސީއޯޖީ) އިން ބުނެފި އެވެ.

Ads by MWSC

ބަލިވެ އިނުމާ ގުޅިގެން ކުރިމަތިވާ މި އުނދަގޫތައް ކުޑަކޮށްދޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ "އެކިއުޕްރެޝާ" އަކީ އަތުގެ ކުޑަހުޅާ ދިމާލުން އަތަށް ފިތާލައި ޕްރެޝަރު ދިނުމެވެ. އަދި އިނގުރު ހިމެނޭ ކާނާގެ ބައެއް ބާވަތްތަކުން ވެސް ލުއި ލިބޭ ކަމަށް ވަނީ ބުނެފަ އެވެ.

މޭނުބައި ކުރުމާއި ހޮޑުލެވުމަކީ ބަލިވެ އިންނަ މީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް ދިމާވާ ކަމެކެވެ.

މި އުނދަގޫ އެހާ ސީރިއަސް ނޫން މިންވަރަކަށް ދިމާވާ އަދި ބޭސް ކާން ބޭނުން ނުވާ މީހުންނަށް އެކިއުޕްރެޝާ އާއި އިނގުރަކީ ރަނގަޅު އެއްޗެއް ކަމަށް އާރްސީއޯޖީ އިން ވަނީ ބުނެފަ އެވެ. އެއް ދިރާސާއަކުން ދައްކާފައި ވަނީ އިނގުރު ބިސްކޯދު ކެއުމުން ވެސް، ހޮޑުލެވުން ކުޑަކޮށްދޭ ކަމަށެވެ. ނަމަވެސް އާރްސީއޯޖީ އިން ބުނެފައި ވަނީ އެންމެ މޮޅީ ގުދުރަތީ މާއްދާތައް ބޭނުންކުރުން ކަމަށާއި ބިސްކޯދު ފަދަ ތަކެތި ބޭނުންކުރަން ވިސްނާ ނަމަ އޮރިޖިނަލް، ޔަގީންކަން ބޮޑު އުފެއްދުންތައް ނޫނީ ބޭނުންކޮށްގެން ނުވާނެ ކަމަށެވެ.

އިނގުރު ސަޔަކީ ވެސް ބަލިވެ އިނުމާ ގުޅިގެން ކުރިމަތިވާ ވޭންތައް ކުޑަކުރުމަށް ޒަމާނުން ސުރެ ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އެކަމަކު އާރްސީއޯޖީ އިން ބުނެފައި ވަނީ ބަލިވެ އިނދެ މާގިނައިން ހޮޑުލެވޭ ނަމަ ޑޮކްޓަރަށް ދައްކައި، ޑޮކްޓަރީ ބޭސް ބޭނުންކުރަން ޖެހޭނެ ކަމަށެވެ.

ބަލިވެ އިނުމާ ގުޅިގެން އެންމެ އާންމުކޮށް ކުރިމަތިވާ މި މައްސަލަތައް، ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ފިލައިގެން ދާނެ ކަމަށް ވަރަށް ގިނަ ބަޔަކު ބުނެ އެވެ. އަދި މިއީ ހަމައެކަނި ހެނދުނުގެ ވަގުތުގައި އެކަނި ދިމާވާ ކަމެއްގެ ގޮތުގައި ވެސް އޮންނަނީ ނަން ވެފަ އެވެ. އެކަމަކު އާރްސީއޯޖީ އިން ބުނަނީ މިއީ ވަރަށް ބޮޑު ކުށްހީއެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!