6 އަހަރުގެ ކުއްޖަކު ރޭޕްކުރި މީހަކަށް 2750 އަހަރުގެ ޖަލު ހުކުމެއް
އެމެރިކާ ގެ އޮރިގަން ސްޓޭޓުގައި އެތައް ފަަހަރެއްގެ މަތިން 6 އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މީހަކަށް 2750 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ..
36 އަހަރުގެ ޑޭވިޑް މަކަޗިން އާ ދެކޮޅަށް 220 ދައުވާއެއް އުފުލާފައިވާއިރު އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ އޭނާ އަށް މަރުގެ ހުކުމެއް އަންނާނެއެވެ. އޭނާ އާ ދެކޮޅަށް 6 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމުގެ 110 ދައުވާ އަކާއި 110 ކްރިމިނަލް ދައުވާއެއް ވަނީ ކޮށްފައެވެ.
މި މީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ހައްޔަރުކުރުމުން މި މީހާ ވަނީ ހުރިހާ ކުށަކަށް އިއުތިރާފުވެފައިކަމަށް ވެސް ޑެއިލީމެއިލް އިން ރިޕޯޓުކޮށްފައިވެއެވެ.
އޮރިގަން ސްޓޭޓުގައި ރޭޕް ކުރާ މީހުނަށް 25 އަހަރާއި 35 އަހަރާއި ދެމެދުގެ އަހަރަކަށް ޖަލަށްލެވެއެވެ. އަދި 12 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ނަމަ އިތުރު 25 އަހަރު އެއްކުރެވޭނެއެވެ.