ދުނިޔެ

ކޮވިޑް-19އަށް ފަރުވާ ދިނުމަށް ޗައިނާއިން އެޅީ ޚާއްސަ ހޮސްޕިޓަލްތަކެއް ، އިންޑިއާ އިން ޚާއްޞަކުރީ ރޭލު

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންގޮސް އިންޑިޔާގެ ހޮސްޕިޓަލްތައް ފުރި އެންމެ ފަހުން ޕާކްކޮށްފައިވާ ރޭލުތަކުގައި ކޮވިޑް-19 ގެބަލިމީހުނަށް ފަރުވާ ދޭން ފަށައިފިއެވެ. މިކަމަށް ޚާއްސަކޮށް އިންޑިއާގެ ޞިއްޙީ ވުޒާރާއިން ވަނީ 20،000 ކޮމްޕާޓްމަންޓް އައިސޮލޭޝަން ވޯޑްގެ ގޮތުގައި ތައްޔާރުކުރުމަށް ވަޢުދުވެފައެވެ. މިހާރު ނިމިފައިވާ 5،231 ވޯޑްގައި ފޮތި ދަމައިގެން ބަލިމީހުންތިބޭތައް ވަކިކޮށްފައިވާ އިރު ޑޮކްޓަރުންނާއި ނަރުހުން ތިބުމަށް ވަކި ހިސާބެއް ޚާއްސަކޮށް، ސިއްޙީއާލާތްތައް ރައްކާކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

Ads by Sosun Fihaara

އިންޑިޔާގެ ހޮސްޕިޓަލްތަކުގައި އެނދުތައް ފުރުމުގެ އިތުރުން މީހުން ހިނގުމަށް ޚާއްސަކޮށްފައި ގޯޅިއެއް އޮތަސް ގިނަ ތަންތަން ވަނީ އާއިލާއިން ހަވާލުނުވެ ދޫކޮށްލާފައިވާ ގަބުރުތަކުން ފުރިފައެވެ. އެހެންކަމުން ބަލިމީހުނަށް ފަރުވާ ދޭވޭނެގޮތެއް އިންތިޒާމްވެފައި ނެތުމުން އާންމުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ.

ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެގައުމުގައި އޮތް ފުރަބަންދަށް ލުއިދީ ޝޮޕިންގ މޯލްތަކާއި ފައްޅިތައް މާއަވަށް ހުޅުވާލުމަކީ، ބަލި އިތުރަށް ފެތުރެން ދިމާވި މައިގަނޑު ސަބަބެވެ. ނަމަވެސް މިކަމާގުޅިގެން އެއްވެސް ވާހަކައެއް ދައްކާކަށް ދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކޭޖްރީވާލް އަދި ސިއްޙީ އިދާރާތަކުގެ ވެރިން ބޭނުމެއް ނޫނެވެ. މީގެ މަހެއްހާ ދުވަސްކުރިން ކޭޖްރީވާލް ވަނީ، އެގައުމުގެ ސިޓީ ހޮސްޕިޓަލް މިކަމަށް ތައްޔާރަށް އޮތްކަން ހާމަކޮށްފައެވެ. އަދި އޭނާ ބުނެފައި ވަނީ، "ކޮރޯނާވައިރަސް ބަލިކޮށް، ދިއްލީއިން ފަތަހަ ހޯދާނެ" ކަމަށެވެ.

އިންޑިޔާގައި ވައިރަސް ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވުމާއި ގުޅިގެން 15 މިލިއަން މީހުން ދިރިއުޅޭ ޗެންނާއީ އަލުންވަނީ ފުރަބަންދުކޮށްފައެވެ. މިފެށޭ ޖުލައި މަސް ނިމޭއިރަށް އިންޑިޔާއިން މިބަލި ޖެހޭނެކަމަށް ލަފާ ކުރާ އަދަދަކީ 550،000 މީހުނަށެވެ. އަދި 150،000 އެނދު ބޭނުންވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް މިހާރު ބަލި ފެތުރެމުންމިދާ ރޭޓުން މި އަދަދު ބޮޑުތަނުން އިތުރުވާނެކަމަށް ވަނީ ބެލެވިފައެވެ. މިހާތަނަށް އިންޑިޔާއިން 334،407 މީހަކަށް މިބަލިޖެހި މުޅި ދުނިޔެއިން 4 ވަނައަށް އެންމެ ގިނަމީހުނަށް ބަލި ޖެހުނު ގައުމަށް އިންޑިއާ ވެފައިވާއިރު އެގައުމުން 9،921 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!