ކުޅިވަރު

ކުދިން ޖަހާ ކޮންމެ ގޯލަކަށް ޔަތީމްޚާނާއަށް ފައިސާ ލިބޭ މެޗެއްގައި ވެސް އޮލިވާ ކާން ހުރިހާ ޕެނަލްޓީއެއް ދިފާޢުކުރި

ދެން އެމްވީ ، ދެން އޮންލައިން

ކީޕަރު އޮލިވާ ކާންއަކީ އޭނާ ކުޅުނު ދުވަސްވަރު ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ކީޕަރެކެވެ. އޭނާއަކީ މޮޅުވާން ކޮންމެ ކަމެއްވެސް ކޮށްފާނެ ކީޕަރެއްކަން ކުޅެފައިހުރި މެޗުތަކުން އެނގެއެވެ. ޖަރުމަންގެ ޤައުމީ ޓީމާއި ބަޔާން މިޔުނިކްގެ ލެޖެންޑަކީ މެޗުތަކުގައި ޓީމްގެ ކުޅުންތެރިންނާއި ދިމާއަށް ހަޅޭލެވުމާއި، އޭނާގެ ރުޅިގަނޑަށް މަޝްހޫރު ކީޕަރެކެވެ.

Ads by STELCO

އިއްޔެއަކީ ކީޕަރު އޮލިވާ ކާންގެ 51ވަނަ އުފަންދުވަހެވެ. މި ދުވަހާއި ގުޅިގެން 2008 ވަނަ އަހަރު ކުޅުން ހުއްޓާލި ކީޕަރުގެ އައު ވާހަކައެއް އޭނާގެ އެކުވެރިއަކު މިވަނީ ހާމަކޮށްފައެވެ.

ކީޕަރު ބަޔާނަށް ކުޅުނު ދުވަސްވަރު އޭނާވަނީ ޔަތީމްޚާނާއެއްގައި ޗެރިޓީ މެޗެއްގައި ކުޅެފައެވެ. މި މެޗުގައި ކުޅުނީ 9 އަހަރުގެ ކުދިންނެވެ. މި މެޗުގައި އެކުދިން ޖަހާ ކޮންމެ ގޯލަކަށް ޗެރިޓީއަށް ފައިސާ ދޭ ގޮތަށް އޮތީ ހަމަޖެހިފައެވެ. މި މެޗު އެއްވަރުވެ ޕެނަލްޓީ ޖަހަން ޖެހުނެވެ. ކީޕަރު އޮލިވާ ކާންވަނީ އެ ހުރިހާ ކުދިން ޖެހި ހުރިހާ ޕެނަލްޓީއެއް ދިފާއުކޮށްފައެވެ. މިކަމުންވެސް އޭނާ މޮޅުވާން ބޭނުންވާ މިންވަރު އެނގެއެވެ.

މިހާރު ބަޔާން މިޔުނިކްގެ ބޯޑް މެންބަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ކާންއަކީ މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ ކީޕަރެކެވެ. ފީފާ ވަރލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަމައެކަނި ކީޕަރަކީ ވެސް އޭނާއެވެ. އަދި މީގެ އިތުރުން ޔުއެފާގެ އަހަރުގެ އެންމެ މޮޅު ކީޕަރުގެ މަގާމް ޖެހިޖެހިގެން ހަތަރު އަހަރު އޭނާ ހޯދިއެވެ.

މީގެ އިތުރުން ކުލަބު ކާމިޔާބީތަކަށް ބަލާއިރު، ބަޔާން މިޔުނިކާއިއެކު 8 ފަހަރު ޗެމްޕިއަންސް ލީގު، ހަ ފަހަރު ޖަރުމަން ކަޕް، އަދި ޗެމްޕިއަންސް ލީގުގެ ތަށިވެސް އޭނާ ހޯދިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!