މާލޭ ގެއެއްގައި އަލިފާން ރޯވެއްޖެ

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ މއ.އުދުހޭކޮކާ 4 ވަނަ ފްލޯގައި ކަމަށެވެ.
އަދި މި ހާދިސާ ހިނގަން މެދުވެރިވީ ބެލްކަނީގައި ހުރި ކުނި ތަކެއްގައި ރޯވެގެންނެވެ.
ސިފައިން ހަރަކާތްތެރިވެ މިހާރު އަލިފާން ނިވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.