ޚަބަރު

މުލަކުގައި މަރުވި ވަޑީގެ ނަފްސާނީ މައްސަލަތަކެއް ހުރި

ދެން އެމްވީ ، ދެން އޮންލައިން

މ. މުލަކުގައި އިއްޔެ ފުން ޒަހަމަކާއި އެކު މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަބްދުއްރަހްމާނުގެ ނަފްސާނީ ކަމެއް ހުރި ކަމަށް މުލަކު ކައުންސިލް އިދާރާގެ ނައިބު ރައީސް މުހައްމަދު އިބްރާހީމް ވިދާޅުވެއްޖެ އެވެ

Ads by STELCO

މަރުވެފައި އޮއްވާ ފެނުނު އެރަށު ލިލީމާގޭ، އުމުރުން 44 އަހަރުގެ މުހައްމަދު އަބްދުއްރަހްމާނެވެ. އޭނާއަކީ ވަޑިއެކެވެ.

ބައެއް މީޑިއާތަކާ ހަވާލާދީ މުލަކު ކައުންސިލުން ބުނި ގޮތުގައި މުހައްމަދަކީ ނަފްސާނީ ކަމެއް ހުންނަ މީހެއް ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން މީގެ ކުރިން އޭނާ އަކީ މީހުންނާ ގުޅޭ، މަޖާ މީހެއް ނަމަވެސް ފަހަކަށް އައިސް މީހުންނާ ވަރަށް ދުރުވެ، އެކަނި ވަކިން އުޅޭކަން ފާހަގަކުރެވޭ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ނަފްސާނީ އުނިކަމުގެ ސަބަބުން މުހައްމަދުގެ އާއިލާއިން އޭނާއަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ރޭގަނޑު ދަންވަރި އެއްވެސް ވަރަކަށް އޭނާ ބޭރަށް ގޮސް ނޫޅޭ ކަމަށް ބުންޏެވެ.

މުހައްމަދު އަބްދުއްރަހްމާން މަރުވެފައި އޮއްވާ ފެނުނީ މުލަކުގައި ހުރި ވަޑާންގެއެއްގެ ވެރިމީހާގެ ދަރިފުޅަށެވެ. އެގޮތުން އޭނާ ބުނީ ފަތިސް ނަމާދަށް ދާން ހޭލި އިރު ކަރަންޓް ކީސް ޖައްސާފައި ހުރި އަޑު އިވުމުން ކީސް ނިންވާލާފައި އެތެރެ ބަލާލިއިރު މުހައްމަދު އަބްދުއްރަހްމާނު އެތަނުގައި އޮތް މަންޒަރު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، އެމީހާގެ ވާތްފަރާތު މޭމަތިން ވަރަށް ފުންކޮށް، ގާތްގަނޑަކަށް ނުވަ އިންޗިއެއްހާތަން ކަފައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!