މުނިފޫހިފިލުވުން

ސުޝާންތު ދިރިހުރިއިރު އޭނަ ބާކީ ކޮށްފަ، މިހާރު ކޮން ލޯތްބެއް ތިވަނީ؟: ސައިފް

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގ ރާޖްޕޫތު ދަންޖެހިގެން އަމިއްލަ އަށް މަރުވުމުން، އިންޑަސްޓްރީގެ ވަރަށް ގިނަ ބަޔަކު ވަނީ އެކަމާއި ހިތާމަފާޅުކުރާ ކަމަށްބުނެ އެކި މެސެޖުތައް ސުޝާންތަށްޓަކައި ލިޔެފައެވެ.

ސުޝާންތު މަރުވީ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެގެން ކަމަށާއި، އޭގެ ޒިންމާ ބޮލީވުޑްގެ ބައެއް ތަރިން ވެސް އުފުލަން ޖެހޭ ކަމަށް މިހާރު ފެންމަތިވަމުން އަންނަ ބައެއް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.

އެގޮތުން ސުޝާންތު އާއި ދާދި ފަހުން ބޮލީވުޑްގެ ނަން މަޝްހޫރު ޕްރޮޑިއުސަރަކާއި މައްސަލަ ޖެހުން ކަމަށާއި، ސުޝާންތަށް ދެން އިންޑަސްޓްރީގައި އިތުރަށް ކުރިއަށް ނުދެވޭނެ ކަމަށް އެޕްރޮޑިއުސަރު ބުނި ކަމަށްވެއެވެ.

ސުޝާންތަށް އިތުރު 20 ފިލްމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް ފިލްމު އޭނާ އަތުން އަނބުރާ އަތުލާފައިވާއިރު، އަނެއް ބައި ފިލްމުގެ މަސައްކަތް ގަސްތުގައި ލަސްކުރި ކަމަށް ވެސް ރިޕޯޓުތަކުން ހާމަވެއެވެ.

މީގެއިތުރުން ބޮލީވުޑްގެ އެހެންތަރިން ބައިވެރިވާ ކަންކަމުގައި ސުޝާންތު ބައިވެރި ނުކުރުމާއި އޭނާ ބާކީ ކޮށްފައި ހުންނަ ކަމަށް ޚުދު ސުޝާންތުވެސް ވަނީ ދާދި ފަހުން ބުނެފައެވެ.

މިއަދު ބޮލީވުޑްގެ އެހެން ސުޕާސްޓާރެއް ކަމަށްވާ ސައިފް އަލީ ޚާން ވެސް ވަނީ އެވާހަކަތަކަށް އެއްބަސްވެ، ބޮލީވުޑްގެ އެހެން ތަރިންގެ އަނގަ ބަންދު ކޮށްލާފައެވެ.

ސައިފް ބުނެފައިވަނީ ސުޝާންތު ދުނިޔޭގައި ހުރިއިރު އޭނާއަށް ގަނާކޮށް، ބާކީ ކުރިކަމަށެވެ. އެހެންކަމުން މިހާރު އޭނާ ދުނިޔޭގައި ނެތުމުން ތިވަނީ ކޮން ލޯތްބެއްތޯ އަހާ، ސައިފް ބުނެފައިވަނީ ދެއްކުންތެރި ނުވުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!