މުނިފޫހިފިލުވުން

3000 ޑޮލަރުގެ ގިވްއަވޭ އާއެކު ކައިޒީންގެ ފޮލޯވަރުންގެ އަދަދު އާސްމާނަށް!

ދެން އެމްވީ ، ދެން އޮންލައިން

ގިނަ މީހުން ވެސް އެއްބަސްވާ ރާއްޖޭގެ ކައިލީ ޖެނަރ، "ކައިޒީން" އަށް އިންސްޓަގްރާމުން އެއް ލައްކަ ފޮލޯވަރުން ހަމަވުމުގެ އުފަލުގައި ސަޕޯޓަރުންނަށް 3000 ޑޮލަރު ގިވްއަވޭގެ ގޮތުގައި ދޭން ނިންމުމުން އޭނާގެ ފޮލޯވަރުންގެ އަދަދު ބޮޑުތަނުން އިތުރު ވެއްޖެއެވެ.

Ads by MWSC

އިންސްޓަގްރާމްގައި ކައި ގެ ފޮލޯވަރުންގެ އަދަދު އެއް ލައްކައަށް އެރުމުގެ އުފަލުގައި، ކައި ވަނީ މުބާރާތެއް ފަށާފައެވެ.

ގުރުއަތުން ހޮވޭ ތިން މީހަކަށް 1،000 އެމެރިކާ ޑޮލަރު (15،000 ރުފިޔާ) ލިބޭ މި ގިވްއަވޭގައި އޭނާގެ ޕޭޖް ފޮލޯކޮށް، އިނާމުދޭނެކަމަށް އިއުލާނު ކޮށްފައިވާ ޕޯސްޓަށް ލައިކް ދިނުމަށާއި، ކޮމެންޓު ސެކްޝަންގައި އިތުރު ތިން މީހަކު ޓެގް ކުރުމުގެ އިތުރުން، އެޕޯސްޓު އެމީހެއްގެ ސްޓޯރީއަށް ލުމަށްފަހު އިނާމު ލިބެންވީ ސަބަބު ބަޔާން ކުރުމަށް ވެސް ކައި ވަނީ އެދިފައެވެ. އަދި އެމީހެއްގެ ޕްރޮފައިލް ޕަބްލިކް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ކައިވަނީ އެދިފައެވެ.

މިމަހުގެ 13 ވަނަ ދުވަހު ގިވްއަވޭ އިއުލާނު ކުރިއިރު، އޭނާގެ ފޮލޯވަރުންގެ އަދަދު 105،000 އަށް ވުރެއް މަތީގައި ހުއްޓަސް މިހާރު މިވަނީ އެ އަދަދު ބޮޑު ތަނުން އިތުރުވެފަ އެވެ. އެގޮތުން މިހާރު އެ އަދަދު އުޅެނީ 114،000 އަށް ވުރެއް މަތީ ގަ އެވެ.

އިންސްޓަގްރާމުން މަޝްހޫރުކަން ލިބުނު މޮޑެލް ކައިޒީން އަކީ، ގިނަ މީހުންގެ ފާޑު ކިޔުން އަބަދުމެ އަމާޒުވާ ޝަޚްސިއްޔަތެއް ނަމަވެސް، އޭނާގެ ފޮލޯވަރުން އިންތިހާއަށް ގިނައެވެ. އަދި އޭނާއަކީ މީހުން ފާޑުކީ ނަމަވެސް، އެކަމަށް މާބޮޑު ރައްދެއް ދީފައިވާ މީހެއް ނޫންކަން ވެސް ފާހަގަ ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!