ވިޔަފާރި

"އެސްޓީއޯއިން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: މިހާރު

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އެންމެ ބޮޑު އިސްކަމެއް އަބަދުވެސް ދެނީ، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް އެންމެ ހެޔޮ އަގުގައި ފޯރުކޮށް ދިނުމަށް ކަމަށް އެކުންފުނިން ބުނެފިއެވެ.

Ads by STELCO

މިދިޔަ އަހަރު އެކުންފުނީގެ ހަތަރުވަނަ ކުއާޓަރުގެ ހިސާބުތައް އާންމުކޮށް، އެސްޓީއޯއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކުންފުނިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، މެދުކެނޑުމެއްނެތި ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ކޮވިޑް-19 ގެ ޙާލަތުގައިވެސް އެންމެ އިސްކަމެއް ދީފައިވަނީ ބޭހާއި ކާޑާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށް އެސްޓީއޯ ގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން އެސްޓީއޯއިން ވަނީ ކޮވިޑްގެ ދުވަސްވަރު ރާއްޖޭގެ ސިއްޙީ ދާއިރާއަށް ބޭނުންވި މެޑިކަލް ކޮންސިއުމަބަލްސް އާއި އިކުއިޕްމަންޓްގެ އިތުރުން ސަރުކާރުން ޓަރޝަރީ ފެންވަރަށް ގެންނަ، 4 ހޮސްޕިޓަލް ޕްރޮޖެކްޓަށް ބޭނުންވާ އިކުއިޕްމަންޓް ވެސް ފޯރުކޮށްދީފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ނިމިދިޔަ 2020 ވަނަ އަހަރު އެސްޓީއޯއިން ވަނީ އޭގެކުރީ އަހަރަށްވުރެ 35 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އެގޮޮތުން މިދިޔަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 7.2 ބިލިއަން ރުފިޔާއެވެ. ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރެވިފައި ވުމާއެކު ކުންފުނީގެ ޓެކްސްއަށް ކެނޑުމުގެކުރިން ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެގޮތުގައި 410 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!